ބުރާސްފަތި ދުވަހު ޝަމީމް ކޮމެޓީއަށް ހާޒިރުކުރަނީ

މިކަމުގައި ޖަވާބުދާރީވާން ޝަމީމަށް ފަސް ދުވަހުގެ ނޯޓިހެއް ވެސް ވަނީ ފޮނުވާފަ އެވެ. ނޯޓިސް ހަމަވުމުން މިހަފްތާގެ ބުރާސްފަތި ދުވަހު އޭނާ ހާޒިރުކޮށް ސުވާލުކުރަން މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ.

ޕްްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަކިކުރުމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް މި ހަފްތާގެ ބުރާސްފަތި ދުވަހު ޖުޑިޝަރީ ކޮމެޓީއަށް ހާޒިކުރަން ނިންމައިފި އެވެ.

ޝަމީމު މަގާމުން ވަކިކުރެއްވުމަށް ހުށަހަޅުއްވާފައި ވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދު އެކަމަށް އެދިވަޑައިގެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެން އެ މައްސަލަ ބަލަން ނިންމާފައިވެ އެވެ. ކޮމެޓީގެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމާއެކު މިހާރު އެ މައްސަލަ ދަނީ ދިރާސާ ކުރަމުންނެވެ.

ޝާހިދު ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މައްސަލަތައް ނިންމަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތައް އަނބުރާ ގެނެސް ފައިލް ކުރުމާއި ބައެއް މައްސަލަތަކުގައި ދައުވާ ނުކުރަން ނިންމާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތަށް ޖުމްލަ އަށް މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.

މިކަމުގައި ޖަވާބުދާރީވާން ޝަމީމަށް ފަސް ދުވަހުގެ ނޯޓިހެއް ވެސް ވަނީ ފޮނުވާފަ އެވެ. ނޯޓިސް ހަމަވުމުން މިހަފްތާގެ ބުރާސްފަތި ދުވަހު އޭނާ ހާޒިރުކޮށް ސުވާލުކުރަން މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ.

މިއަދު އޮތް ކޮމެޓީ ބައްދަލުވުމުގައި ނިންމާފައި ވަނީ ޝަމީމް ހާޒިރު ކުރުމުގެ ކުރިން ފާހަގަކޮށްފައިވާ މައްސަލަތަކުގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހޯދުމަށެވެ. އެގޮތަށް ހުށަހަޅުއްވާފައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އޭނާ ވިދާޅުވީ ކަންތައްތަކެއް ފާހަގަކޮށްފައިވީ ނަމަވެސް އޭގެ ހެކި ބޭނުންވާ ކަމަށެވެ.

އޭނާ ހުށަހެޅުއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ޖިންސީ ގޯނާގެ ދައުވާތަކާއި، އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކުރި ދައުވާތަކާއި ކުރީގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާތައް އަނބުރާ ގެނައި މައްސަލައިގެ ލިޔުންތައް ހޯދުމަށެވެ. އަދި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ނިންމުންތަކާއި ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެ، މުވައްޒަފުންނަށް ބޭރު ދަތުރުތައް ދީފައިވާ ގޮތުގެ ލިޔުންތައް ހޯދުމަށެވެ.

ކޮމެޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ މާދަމާގެ ރަސްމީ ވަގުތު ނިމުމުގެ ކުރިން އެ ލިޔުންތައް ފޯރުކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.