ބުޅާ މަހުން ކާތަކެތި ތައްޔާރުކުރުން؛ އަރަފާތު އަތުލައިގަތީ ސިފަ ބަދަލުކުރަން އުޅެނިކޮށް

ބުޅާ މަސް އަޅައިގެން ކާތަކެތި ތައްޔާރުކުރިކަމަށް ތުހުމަތުވާ އަރަފާތު

ބުޅާ މަހުގައި ކާތަކެތި ތައްޔާރުކުރާ ކަމުގެ ތުހުމަތުވާ ބަންގްލަދޭޝްގެ އަރަަފާތު ހޮސައިން ހައްޔަރުކުރި ިއރު އޭނާ ހުރީ ސިފަ ބަދަލު ކުރުމުގެ މަސައްކަތް ކުރަން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ހޯދުމަށް އިއްޔެ މޯލްޑިވްސް އިމިގުރޭޝަނުން އިއުލާނުކުރި އެވެ. އޭގެ ފަހުން މިއަދު ހެނދުނުގެ ވަގުތެއްގައި އިމިގްރޭޝަނާ ފުލުހުންނާއި ގުޅިިގެން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

އިމިގްރޭޝަނުގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް ވިދާޅުވީ އަރަފާތު ހައްޔަރުކުރީ އޭނާ ސިފަ ބަދަލު ކުރުމަށް ސެލޫނަކަށް ގޮސް ހުއްޓާ ކަމަށެވެ. އެގޮތުން އޭނާ ބޯ ބާލައި ސިފަ ބަދަލުކުރުމަށް ތައްޔާރުވަމުންދިޔަ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު މީގެ ކުރިން "މިރާ" އަށް ވިދާޅުވި ގޮތުގައި ބިދޭސީ މީހާގެ މައްޗަށް އޮތީ ސީރިއަސް ތުހުމަތެކެވެ. އެއީ މާލޭގައި އުޅޭ ބުޅާތައް ހިފާ މެރުމަށް ފަހު އެތަކެތީގެ މަސް އަޅައިގެން ކާބޯތަކެތި ތައްޔާރުކޮށް އެ ތަކެތި ވިއްކުމެވެ.

އަރަފާތު އަތުލައިގަތީ ސެލޫނެއްގެ ތެރެއިން

މި މީހާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ފެށިއިރު އޭނާއާ ބެހޭ ގިނަ މައުލޫމާތުތަކެއް އާންމު ފަރާތަކުން ވަނީ ހޯދާ އާންމުކޮށްފަ އެވެ. އެ މީހާ މާލޭގެ މޭރީބްރައުން ކައިރީގައި ބުޅާ ހިފަން މަޑުކޮށްގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ ގައި އޭނާ އެތާންގައި ކުރަނީ ކީއްތޯ ސުވާލު ކުުރުމުން އެ ގެއަށް ބުޅާތައް ގެންދަން މަސައްކަތް ކުރަނީ ކަމަށް ބުނެފައިވެ އެވެ.

އެ މީހާ އުޅޭ ގެ ވެސް ހޯދާ އެ ތަނުގެ މައުލޫމާތު ވެސް ވަނީ އާންމުކޮށްފަ އެވެ. އެ ގެއާ ކައިރީގައި އުޅޭ މީހުންނާ ވެސް އެ މައުލޫމާތު އާންމުކުރި މީހާ ވަނީ ވާހަކަ ދައްކާފަ އެވެ. އެ މީހުންނާ ހަވާލާދީ އެ މީހާ ބުނި ގޮތުގައި އެ ގެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވެ އެވެ. އަދި ބުޅަލަށް އިހާނެތިކޮށް ހިތުމުން އިވޭ އަޑުތައް އެ ގެއިން އިވޭ ކަމަށް ބުންޏެވެ.

އެ މީހާ ބުޅާ މަސް އަޅައިގެން ސަބްމެރީންނާއި ބާގާ ފަދަ ތަކެތި ހަދާ ކަމުގެ ތުހުމަތު އެބަ އޮތެވެ. އަދި އޭނާ ދިރިއުޅެމުންދިޔަ ތަނަށް ބައެއް މީޑިިއާތަކުންނާއި އާންމުން ގޮސް ބެލި ބެލުމުން މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދާކަން ވަނީ ފާހަގަވެފައެވެ. އަދި ޝައްކުވާޒާތުގެ މަސްހުރި ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އެތަނުގެ ފޮޓޯތައް މިހާރު އާންމުވެފައިވާއިރު އެއީ މުޑުދާރުކޮށް ހުރި ތަނެއްކަން ވަނީ ފާހަގަވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.