މިއީ އެ މިނިސްޓްރީއާއި އެޗްޑީސީ އަދި ހޯމްލޭން މިނިސްޓްރީ އާއި ފުލުހުންގެ އިދާރާއިން ގުޅިގެން ކުރާނެ މަސައްކަތެއް ކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ގްރޭޓާ މާލެ ސަރަހައްދުގެ މަގުތަކުގައި ބާއްވާފައި ހުރި އުޅަނދުތައް ވަގުތީ ގޮތުން ޕާކުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން، ގްރޭޓާ މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބާއްވާފައިހުރި އުޅަނދުތަކާއި މާލެ އަދި ހުޅުމާލެ މަގުތަކުގައި ހުރި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތައް ވަގުތީ ގޮތުން ޕާކުކުރުމަށް ބިމެއް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީން އިސްނަގައިގެން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ. މިއީ އެ މިނިސްޓްރީއާއި އެޗްޑީސީ އަދި ހޯމްލޭން މިނިސްޓްރީ އާއި ފުލުހުންގެ އިދާރާއިން ގުޅިގެން ކުރާނެ މަސައްކަތެއް ކަން ވެސް ފާހަގަކޮށްފައިވެ އެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނަގައި ނައްތާލުމުގެ މަސައްކަތް ވެސް މީގެ ކުރިން ވަނީ ކޮށްފަ އެވެ. އެތައް ދުވަހެއް ވާންދޭން ބާއްވައި، ހަލާކުވެފައިވާ ގިނަ އުޅަނދުތަކެއް އަދިވެސް އެކި ދިމަދިމާލުގައި ޕާކުކޮށްފައި އެބަހުއްޓެވެ.