މައްސަލަ ގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމް ވަގުތީ ގޮތުން ހިންގުމަށް ފީފާއިން ނަގާފައިވާ ޓީމުގައި ތިބީ މިވަގުތު ކުރަން ޖެހޭ ކަންތައްތަކަށް އެންމެ އެކަށީގެންވާ ބޭފުޅުންނެވެ.
ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ބޭރުގެ ގިނަ ކުންފުނިތަކެއްގައި މަސައްކަތް ކުރައްވާފައިވާ އަހްމަދު ޒުހޫރު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ފީފާއިން ހަމަޖައްސައިފި އެވެ.
މައްސަލަ ފުންޏެއްގެ ތެރޭގައި އޮތް ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ޗެއާގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރީގެ ސްޕޯޓްސް މިނިސްޓަރު ޒުހޫރެވެ.
މާލީ ގޮތުން ގިނަ މައްސަލަތަކެއް އޮތް ފުޓުބޯޅަ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި އައްޔަންކުރި އެހެން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވަނީ ދެ ލޯޔަރުންނާއި ދެ ޗާޓަޑް އެކައުންޓެންޓުންނެވެ. މެންބަރުގެ މަގާމަށް އައްޔަން ކުރި ފަރީހާ ޝަރީފްއަކީ ކުރިން ބޭންކުގެ ޗެއާގެ މަގާމު އަދާކުރެއްވި ކަނބަލެކެވެ. އަދި އަހްމަދު މުއިއްޒުއަކީވެސް މަޝްހޫރު ލޯޔަރެކެވެ. އަދި އިސްމާއީލް ސިމަން އާއި އަހުމަދު އަލީއަކީ ޗާޓަޑް އެކައުންޓެންޓެކެވެ.
އެފްއޭއެމް މިހާރު އޮތް މައްސަލަ ގަނޑުން ތެދުކުރަން ފުރަތަމަ ކުރަން ޖެހޭ ކަމަކީ މާލީ ގޮތުން އެމްއޭއެމްގެ ފައިސާ ހަރަދު ކުރިގޮތް ބެލުމެވެ. މިހާރު ނަގާފައިވާ ކޮމެޓީން އެންމެ ފުރަތަމަ ކުރާނީ އެއް މަސައްކަތެވެ.