ބުޅާ މަސް އަޅައިގެން ކާ އެއްޗެހި ތައްޔާރުކޮށް ވިއްކި ކަމަށް ބެލެވޭ މަައްސަލަ ފުލުހުން ބަލަނީ

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލަ އިއްޔެގެ ވަގުތެއްގައި ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ބުޅާ މަސް އަޅައިގެން ކާ ތަކެތި ތައްޔާރުކުރިކަމުގެ ތުހުމަތުގައި ހޯދަމުންދާ އަރަފާތު ހޮސައިން

ބުޅާ މަސް އަޅައިގެން ކާތަކެތި ތައްޔާރުކޮށް ވިއްކިކަަމަށް ތުހުމަތުވާ މައްސަލަ ފުލުހުން ބަލަން ފަށާފައިވާކަމަށް އެ އިދާރާއިން ބުނެފި އެވެ. 

ފުލުހުން މި މައްސަލަ ބަލަން ފަށާފައިވާައިރު ބުޅާ މަސް އަޅަައިގެން ކާތަކެތި ތައްޔާރުކޮށް ވިއްކަމުން ދިޔަކަމަށް ތުހުމަތުވާ ބަންގުލަދޭޝް މީހަކު ހޯދަން އިއްޔެ އިމިގުރޭޝަނުންވަނީ އިއުލާނުކޮށްފަ އެވެ. 

އިމިގްރޭޝަންގެ އޮފިޝަލަކު "މިރާ" އަށް ވިދާޅުވި ގޮތުގައި ބިދޭސީ މީހާގެ މައްޗަށް އޮތީ ސީރިއަސް ތުހުމަތެކެވެ. އެއީ މާލޭގައި އުޅޭ ބުޅާތައް ހިފާ މެރުމަށް ފަހު އެތަކެތީގެ މަސް އަޅައިގެން ކާބޯތަކެތި ތައްޔާރުކޮށް އެ ތަކެތި ވިއްކުމެވެ.

މި މީހާ ހޯދުމުގެ މަސައްކަތް އިމިގްރޭޝަނުން ފެށިއިރު އޭނާއާ ބެހޭ ގިނަ މައުލޫމާތުތަކެއް އާންމު ފަރާތަކުން ވަނީ ހޯދާ އާންމުކޮށްފަ އެވެ. އެ މީހާ މާލޭގެ މޭރީބްރައުން ކައިރީގައި ބުޅާ ހިފަން މަޑުކޮށްގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ. އެ ވީޑިއޯ ގައި އޭނާ އެތާންގައި ކުރަނީ ކީއްތޯ ސުވާލު ކުުރުމުން އެ ގެއަށް ބުޅާތައް ގެންދަން މަސައްކަތް ކުރަނީ ކަމަށް ބުނެފައިވެ އެވެ.

އެ މީހާ އުޅޭ ގެ ވެސް ހޯދާ އެ ތަނުގެ މައުލޫމާތު ވެސް ވަނީ އާންމުކޮށްފަ އެވެ. އެ ގެއާ ކައިރީގައި އުޅޭ މީހުންނާ ވެސް އެ މައުލޫމާތު އާންމުކުރި މީހާ ވަނީ ވާހަކަ ދައްކާފަ އެވެ. އެ މީހުންނާ ހަވާލާދީ އެ މީހާ ބުނި ގޮތުގައި އެ ގެއިން ބުޅަލުގެ އެކި ގުނަވަންތައް ފެނިފައިވެ އެވެ. އަދި ބުޅަލަށް އިހާނެތިކޮށް ހިތުމުން އިވޭ އަޑުތައް އެ ގެއިން އިވޭ ކަމަށް ބުންޏެވެ.

އެ މީހާ ބުޅާ މަސް އަޅައިގެން ސަބްމެރީންނާއި ބާގާ ފަދަ ތަކެތި ހަދާ ކަމުގެ ތުހުމަތު އެބަ އޮތެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލަ އިއްޔެގެ ވަގުތެއްގައި ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކޮށް ބަލަމުން އަންނަ ކަމުގައި އެ އިދާރާއިން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.