ދިވެހިރާއްޖެ-ޗައިނާ ގުޅުމުގެ ބިންގަލަކީ ވަން ޗައިނާ އުސޫލަށް ފުރިހަމައަށް ތާއީދުކުރުން: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް ވިދާޅުވީ 1972 ވަނ އަހަރު ގާއިމުވި ދެ ގައުމުގެ ގުޅުން ފާއިތުވި އަހަރުތަކުގައި ހާއްސަކޮށް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށެވެ.

އައިޕީޔޫގެ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުމުގެ އަސާސަކީ ދިވެހިރާއްޖެއިން "ވަން ޗައިނާ"ގެ އުސޫލަށް ފުރިހަމައަށް ތާއީދުކުރާ ކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ ޗައިނާގައި މިހާރު ކުރިއަށްދާ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބަރުލަމާނުގެ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. 

އިނގިރޭސިބަހުން އަބްދުއްރަހީމް ދެއްވި ތަގުރީރުގައި ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްގެ ޗެއާމަން އަދި ރައީސަށާއި އިންޓަ ޕާލިމަންޓަރީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލަށް އެ ސެމިނާގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ދައުވަތު ދެއްވީތީ ޝުކުރު އަދާކުރެއްވި އެވެ. 

ޗައިނާގެ ގާނޫނު ހަދާ މަޖިލިސް ނޭޝަނަލް ޕީޕަލްސް ކޮންގުރެސް އައިޕީޔޫގެ މެންބަރަކަށްވިތާ 40 އަހަރު ފުރުމުގެ މުނާސަބަތުގައި މަރުހަބާ ވިދާޅުވުމާއެކު، އެއީ ބައިނަލްއަގުވާމީ ފެންވަރުގައި ގާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް ޗައިނާއިން އިސްކަންދޭ މިންވަރުގެ ދަލީލެއް ކަމުގައި އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. 

ރާއްޖެއާއި ޗައިނާގެ މެދުގައި އޮތް ގުޅުމަކީ ޒަމާންވީ މުއްސަނދި ގުޅުމެއްކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ 1972 ވަނ އަހަރު ގާއިމުވި ގުޅުން ފާއިތުވި އަހަރުތަކުގައި ހާއްސަކޮށް ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. 

އަދި މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބުރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއު ފަދަ ތަރައްގީގެ މުހިއްމު ބޮޑެތި މަޝްރޫއުތަކަކީ ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތުގެ ކަަމިޔާބުކަމުގެ މިސާލުތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އިތުރަށް މަޖިލީހުގެ ރައީސް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މި އަހަރުގެ ޖަނަވަރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީވެސް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. 

އަދި މިހާރު ޗައިނާއާއި ރާއްޖޭގެ މެދުގައި އޮތް ގުޅުމަކީ  އިސްތިރާޖީ އެއްބާރުލުން ދިނުމުގެ ޝާމިލު ގުޅުމެއްގެ ގޮތުގައި ސިފަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޖޭގެ އަމާޒަކީ ދެ ގައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިކުރުން ކަމަށެވެ.  

އިންސާނިއްޔަތުގެ ހިއްސާވަނިވި މުސްތަގުބަލެއް ބިނާކުރުމަށް ރައީސް ޝީ ޖިންޕިންގެ އިސްނެންގެވުމަށް ޗައިނާއިން ފަށާފައިވާ ބައިނަލްއަގުވާމީ ޕްރޮގުރާމުތައް ފާހަގަކުރައްވަމުން އެ ޕްރޮގުރާމުތަކާމެދު ރާއްޖެއިން ޝުކުރުވެރިވާކަން އަބްދުއްރަހީމް ހާމަކުރެއްވި އެވެ. 

އަދި ރާއްޖެއިން ގުޅިފައިވާ މުސްތަގުބަލަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޗައިނާއާއި އައިޕީޔޫއާއި އެ ޖަަމްއިއްޔާގެ މެންބަރު ދައުލަތްތަކާއެކު ކައިރިން މަސައްކަތްކުރުމަށް އުންމީދު ކުރައްވާ ކަމަށެވެ. 

މިހާރު ފެށިގެންދަ ސެމިނާއަކީ 2030 ވަނަ އަހަރު ހާސިލުކުރަން އދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނެވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށް އިތުރު ބާރަކަށްވާނެ ކަމުގައި އުންމީދުކުރައްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.