ޖަނާ ވިދާޅުވެ ދެއްވީ އިމާރާތް ކުރުމުގެ ދާއިރާގެ މުހިންމުކަމާއި ހުރި ގޮންޖެހުންތައް

ޖަނާ ވަނީ ކޮންޓްރެކްޓަރުންނަށް ނުލިބި ހުރި ފައިސާ ސަރުކާރާ ގުޅިގެން މަޝްވަރާ ކޮށްގެން ހޯދަން އެދިވަޑައިގެންފަ އެވެ. ހުއްދަތައް ލަސްވުމުން ސަބަބުން ޕްރޮޖެކްޓް ދިގު ދެމިގެންދާކަން ފާހަގަ ކުރެއްވި އެވެ.

ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލް (ސިވިކް) ގެ ކަންޓްރީ ޗެއާ މުހައްމަދު އަލީ ޖަނާހު

އިމާރާތް ކުރުމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސޯދުގައި މުހިންމު ދައުރެއް އަދާކުރާ ސިޔާއަތެއް ކަމަށާ ނަމަވެސް މިވަގުތު ގިނަ ގޮންޖެހުން ތަކެއް މި ދާއިރާއަށް ކުރިމަތިވެފައިވާ ކަމަށް ގައުމީ ކޮންސްޓްރަކްޓަރުންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓަރުންގެ ޖަމިއްޔާ އިފޮކާގެ ރައީސްކަން ވެސް ކުރެއްވި ޖަނާ މިއަދު ވިދާޅުވީ މ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކޮމާޝަލް ބެންކުތަކުން ދީފައިވާ ކްރެޑިޓު 6 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ. އަދި މިއީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއާ ދޭތެރޭ މާލީ ދާއިރާއަށް އޮތް އިތުބާރު ޔަޤީން ކޮށްދޭ ކަމެއްކަން ވިދާޅުވި އެވެ.

މިއަދު ބޭއްވި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގައި ޖަނާ ވިދާޅުވީ ކުރިއެރުންތަކެއް ލިބުނުނަމަވެސް މިހާތަނަށް އައިއިރު، ޕްރޮޖެކްޓްތައް ލަސްވުމުގެ ސަބަބުން އިންޑަސްޓްރީގެ ކުރިއެރުން ވަނީ 9 ޕަސެންޓަށް މަޑު ޖެހިފަ އެވެ.

"މިއަދުގެ އިގްތިސޯދީ ހާލަތުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ގޮންޖެހުން ތަކެއް ވެސް ކުރިމަތި ވެފަ. އޭގެ ތެރޭގައި، މި ސިނާއަތަށް ބޭނުންވާ އަދަދަށް ލޭބަރުން ލިބުމުގެ ދަތިކަން އިހުސާސް ކުރަން ޖެހޭ. ސަރުކާރުގެ އިދާރާ ތަކުން ލިބެންވާ ހުއްދަތައް ލިބުމާއި ކޯޓާ ހަމަޖެހުން ފަދަ ކަންކަމުގައި ދަތިތަކާ ކުރިމަތިލާން ޖެހުން، ހިމެނޭ،" ޖަނާ ވިދާޅުވި އެވެ.

އެމްއެންއޭސީއައިގެ ރައީސް ޖަނާ އަދި ރައީސް ޑރ. މުއިއްޒު -- ރައީސް އޮފީސް

މަޝްރޫއުތައް ލަސްވާ ސަބަބު ވިދާޅުވެ ދެއްވި

މި ސިނާއަތުގައި ޒަމާނުއްސުރެއް ފެށިގެން ހުރި ގޮންޖެހުން ތަކަށް އަލިއަޅުއްވައި ލައްވަމުން ޖަނާ ވިދާޅުވީ މާލޭ ސަރަހައްދުގައި ޕްރޮޖެކްޓްތައް ލަސްވުމާއި ޑީވޯޓަރިން އަށް ބޭނުންވާ ހުއްދަ ލިބުން ލަސްވުމުގެ ސަބަބުން މަސައްކަތް ކުރަން ދަތިވެ އެވެ.

"އެކަމުގެ [ހުއްދަތައް ލަސްވުމު] ގެ ސަބަބުން ތާވަލަށް މަސައްކަތްތައް ނިންމުމަށް ހުރަސް އެޅިފައިވުމަކީ މި ސިނާއަތުގެ ފަރާތްތަކުގެ އާންމު ޝަކުވާއެއް. ރާއްޖޭގެ އިގްތިސާދު ވެސް އުދަނގޫ ފައްތަރެއް ގިރާކުރަމުންދާ މި ދަނޑިވަޅުގައި ބޭރު ފައިސާ ނުލިބުމަކީ ވެސް މި ސިނާއަތަށް އޮތް ބޮޑު ގޮން ޖެހުމެއް. ކޮންސްޓްރަކްޝަންގެ ދާއިރާއަކީ ބޭނުންވާ ހުރިހައި ސާމާނެއްހެން ބޭރުން އެތެރެ ކުރުމަށް ބޭރު ފައިސާއަށް ބަރޯސާވާ ދާއިރާއެއް. މިއީ ވެސް ޕްރޮޖެކްޓްތައް ތާވަލާށް ނިންމުމަށް ހުރަސް އެޅޭ ކަމެއް،" ޖަނާ ވިދާޅުވި އެވެ.

ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ގޮވާލެއްވި

ޖަނާ ވަނީ މި ވަގުތު ގިނަ ކޮންޓްރެކްޓަރުންނަށް ކުރިމަތިވެފައިވާ ސަރުކާރުގެ އިދާރާތަކުން ޕްރޮޖެކްޓަށް ލިބެންވާ ލަސްވުމުގެ މައްސަލައިގެ މައްޗަށް ވެސް އަލި އަޅުއްވާލައްވާފަ އެވެ. މިކަމުގެ ސަބަބުން ޕްރޮޖެކްޓްތައް ދިގު ދެމިގެން ދާނެކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ޖަނާ ވަނީ އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތަކާއި ކޮންޓްރެކްޓަރުން މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހައްގަށް އިންޑަސްޓްރީން، ހުރުމަތްތެރިކޮށް ހިތުމަށާއި މުވައްޒަފުންނާއި ލޭބަރުން ސާފު ވެއްޓެއްގައި ގެންގުޅުމަށް ބާރުއަޅުއްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ކޮންސްޓްރަކްޝަންގެ ދާއިރާ އިން އިންސާނީ ވަގުފާރި އަށް ހައްސާދާއިރާއެއްގެ ގޮތުގައި އޮންނާތީ އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި ފިޔަވަޅުތައް އެޅުމަށް އެދިވަޑައިގެންނެވި އެވެ.

މުހައްމަދު އަލީ ޖަނާހު (ޖަނާ) އދ. ގެ ޕޯޑިއަމްގައި ތަގުރީރު ކުރައްވަނީ

ރައީސުލް ޖުމްހޫރިއްޔާގެ ޕްރިންސިޕަލް އިންވެސްޓްމަންޓް އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޖަނާ އިމާރާތް ކުރުމުގެ ދާއިރާގައި ހުރި މައްސަލަތަކުގެ ހައްލު ހޯދަން ސަރުކާރާއެކު ގުޅިގެން މަސައްކަތް ކުރަން އެދިވަޑައިގެންފަ އެވެ. 

ޖަނާ ވަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފަރާތްތަކާއި ސަރުކާރާ ގުޅިގެން މަޝްވަރާތައް ބޭއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ކޮންސްޓްރަކްޝަންގެ ދާއިރާއިން ގައުމީ އިގްތިސާދަށް ހިއްސާ މިންވަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުންދާ ގޮތަށް ދެމެހެއްޓެނިވި ގޮތަކަށް މަޝްވަރާ ކުރުމަށް ވެސް އެދިލެއްވި އެވެ.

"ކޮންސްޓްރަކްޝަންގެ ދާއިރާ އަށް ހީނަރުކަމެއް ކުރިމަތި ވެއްޖެނަމަ، އެކަމުން ގައުމީ އިގްތިސާދަށާއި ވަޒީފާގެ ދާއިރާއަށް ކުރާނެ. އެހެންވެ ނޭދެވޭ އަސަރާމެދު ވިސްނުން މުހިންމު. ކޮންސްޓްރަކްޝަންގެ ދާއިރާއަކީ، ގައުމީ އިގްތިސާދަށް ހިއްސާވާ އަދި އުމްރާނީ ތަރައްގީ އަށް މަގުފަހިކޮށްދޭ އެންމެ މުހިންމު ދާއިރާކަމުން މި ދާއިރާގެ ފަރާތްތަކާއި ސަރުކާރާއެކު ދެމެހެއްޓެނެވި ގޮތެއްގައި މަޝްވަރާ ކުރުން މުހިންމު،" ޖަނާ ވިދާޅުވި އެވެ. 

ޖަނާގެ ތަގްރީރުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފަރާތްތަކުން ވަނީ މަރުޙަބާ ވިދާޅުވި އެވެ. އަދި ސަރުކާރާއެކު ދާއިރާގެ ލީޑަޝިޕުން ގުޅިގެން ޤައުމީ ތަރައްގީއަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް އިންޑަސްޓްރީގެ ފަރާތްތަކުން ވަނީ ދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.