ވިއްސާރާގައި 77 ގެއަކަށް ގެއްލުން، މާލޭގެ ގެތަކަށް އަށްލައްކައިގެ ގެއްލުން

އެ އިދާރާ އިން ބުނީ އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް 819،549 ރުފިޔާގެ ގެއްލުން ލިބުނު ކަމަށެވެ.

ވިއްސާރަވެ މުޅި މާލޭގައި ފެންބޮޑުވެ މި ފަހަރު ވެސް ގެއްލުންވި

މިހާރު ކުރަމުންދާ ވިއްސާރާ ގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް ވަނީ ހުށަހަޅާފައިވާ ކަމަަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.

މިދިޔަ ހަފްތާގައި ރާއްޖެއަށް ވަރަށް މޫސުން ގޯސްވި އެވެ. މާލޭގައި ފެންބޮޑުވެ ވަރަށް ގެއްލުން ވި އެވެ. އުތުރާއި ދެކުނުގެ ގިނަ ރަށްތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުންވި އެވެ.

އެންޑީއެމްއޭ އިން ބުނި މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދުގެ ދޭއްޖެހުމާއި ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް ވަނީ ހުށަހަޅާފައެވެ. އަދި ތިން ރަށެއްގެ ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުން ލިބުން ކަމަށް ބުންޏެވެ.

"މިހާރު ކުރެވެމުން ދަނީ މިފޯމްތަކުގެ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް،"

‏މި ވިއްސާރާ ގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން އެސެސްމަންޓް ހަދަން ޖެހޭ ކަމަށް ފާހަގަކުރެވުނު 41 ގެއެއްގެ ތެރެއިން 37 ގެއެއްގެ އެސެސްމަންޓް ހަދާނިމިފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

އަދި ބުނީ ހަތަރު ގެއަކުން އެސެސްމަންޓް ހަދަން ބޭނުން ނުވާކަމަށް އެންގި ކަމަށެވެ. އެ އިދާރާ އިން ބުނީ އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް 819،549 ރުފިޔާގެ ގެއްލުން ލިބުނު ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.