ބެންކް ފަންޑަށް އެދުމަށް އިތުރު ފުރުސަތެއް ދީފި

މި ފަންޑުގެ ދަށުން ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ގައުމީ ބޭންކް ބީއެމްއެލް

ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި "ބޭންކް ފަންޑް" އަށް އެދި ހުށަހެޅުމަށް އިތުރު ފުރުސަތަކަށް ހުޅުވާލައިފި އެވެ. 

ބީއެމްއެލް އިން ބުނީ މި ފަހަރު ހުޅުވާލި ފުރުސަތުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ހަވީރު 4:00 އަށް ހަމަވާނެ ކަމަށެވެ.

"ބޭންކް ފަންޑް" ހުޅުވާލާފައި ވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތްތަކާއި ކްލަބްތަކަށެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށެވެ.

މި ފަންޑުގެ ދަށުން ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.