ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ގެންނަ ތަކެތިން ޑިއުޓީ މައާފުކޮށްފި

ގެނައި ބަދަލާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޓަކައ،ި ސަލާމަތީ ހިދުމަތް ތަކުން ބޭނުންކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ވަނީ ޑިއުޓީ މައާފު ވާނެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައިގެ ބާރުގެ ޑްރޯން ކައިރީގައި

ރާއްޖޭގެ ސަލާމަތީ ކަންކަން ބަލަހައްޓަން ގެންނަ ތަކެތިން ޑިއުޓީ މައާފު ކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއ، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި ޢަމަލުކުރާނެ އުސޫލުގެ ދެވަނަ މާއްދާ އަށް ގެނައި އިސްލާހާއެކު ރާއްޖެއަށް އެތެރެކުރާ ޑިއުޓީ މައާފު ކުރެވޭ ތަކެތީގެ ލިސްޓަށް ވަނީ އިތުރު ބާވަތްތަކެއް އިތުރުކޮށްފަ އެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ސަލާމަތީ ކަންކަމުގައި ބޭނުން ކުރަން ދިވެހި އަސްކަރީއާއަށް ޒަމާނީ ވަސީލަތް ހޯދަން މަސައްކަތް ކުރަމުންނެވެ. މިގޮތުން ސިފައިންގެ ބޭނުންތަކަށް ސަރަހައްދު ބަލަހައްޓަން މިހާރު ޑްރޯންގެ ބޭނުން ކުރެ އެވެ. މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ޒަމާނީ އެއް ޑްރޯން ކަމަށްވާ ތުރުކީގެ އުފެއްދުމެކެވެ. 

މިގޮތުން ގެނައި ބަދަލާއެކު ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޓަކައ،ި ސަލާމަތީ ހިދުމަތް ތަކުން ބޭނުންކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން ވަނީ ޑިއުޓީ މައާފު ކުރަން ނިންމާފަ އެވެ. 

ރާއްޖެއަށް އެތެރެކުރާ މުދަލަށް ޑިއުޓީ ނަގައިގެން ދައުލަތަށް ކޮންމެ އަހަރުވެސް އެތައް މިލިއަން ރުފިޔާއެއް ލިބެ އެވެ. ޑިއުޓީ ނަގާ ލިސްޓުން އާއްމު ބޭނުންތަކާއި ބައެއް ޕްރޮޖެކްޓްތަކަށް ގެންނަ ތަކެތިން ޑިއުޓީ މައާފުކޮށް ދިނުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.