ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 81 ދާއިރާއަކަށް ހުޅުވާލަނީ

އަންނަ މަހުގެ މޭ 23 އިން 31 އަށް މި މައުރަޒު ބާއްވަން އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މިނިސްޓަރު މުހައްމަދު ސައީދު --

ޖުމްލަ 81 ދާއިރާއަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދޭ މައުރަޒު ބާއްވަން ނިންމައިފި އެވެ.

ވިޔަފާރި އާއި އުފެއްދުންތެރި ކަމަށް އަމާޒުކޮށް މައުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވަނީ މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އެވެ. އެ ނިންމުމާ އެއްގޮތަށް، އަންނަ މަހުގެ މޭ 23 އިން 31 އަށް މި މައުރަޒު ބާއްވަން އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

މިކަމާ ބެހޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު ސޯލިހު ހުސެއިން ވިދާޅުވީ މި މައުރަޒުގައި އަމިއްލަ ފަރުދުންގެ ގޮތުގައިވެސް އަދި ރަށު ފެންވަރުގައްޔާއި ސިޓީތަކުގެ ފެންވަރުގައިވެސް މި މައުރަޒުގައި ބައިވެރިވެވޭނެ ކަމަށެވެ. 

"އަމިއްލަ ފަރުދުންގެ ގޮތުގައި ވެސް، ރަށު ފެންވަރުގައި ވެސް، ސިޓީތަކުގެ ފެންވަރުގައިވެސް، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުުން ހިމެނޭ ވިޔަފާރިތަކުގެ އަދި ތައުލީމުދޭ މަރުކަޒުގެ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ދާއިރާއިން ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ވާދަ ކުރުމުގެ ދާއިރާއިން،" ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުރަޒުގެ އުސޫލުތައް ވަރަށް އަވަހަށް ގެޒެޓް ކުރާނެ ކަމަށެވެ.

މި މައުރަޒު އިންތިޒާމްކޮށް ހިންގާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.