އަލީބާބާގެ ޓްރެވަލް ކުންފުނި ފްލިގީއާއި އެމްއެމްޕީއާރުސީން ސޮޔެއް

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 184,632 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޗައިނާއިން ރާއްޖެއަށް މިވަގުތު ފަސް އެއާލައިނަކުން ދަތުރު ކުރެ އެވެ.

ފްލިގީ އާއީ އެމްއެމްޕީއާރުސީއިން އެއްބަސްވުން ބަދަލު ކުރަނީ -- އެމްއެމްޕީއާރުސީ

ޗައިނާ އާއި ދުނިޔޭގެ މަޝްހޫރު ޓްރޭޓް ޕްލެޓްފޯލް އަލީބާބާގެ ސަބްސިޑަރީއެއް ކަމަށްވާ ފްލިގީ އާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކޮށްފި އެވެ. 

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން ބުނީ ޗައިނާ މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަކުރުމަށް ގޮތުން އަލީބާބާ ކުންފުނީގެ ދަށުން ހިންގާ ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޓްރެވަލް ޕްލެޓްފޯމް ކަމަށްވާ ފްލިގީއާ އެކީ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއޮިކޮށްފައިވާ ކަމަށެވެ.

ވިލާ ނޯޓިކާ ރިސޯޓުގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ. ފްލިގީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ޓޮންގް ޓެންގް އެވެ. ފްލިގީ އާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކުރި މި މުހިންމު އެއްބަސްވުމުގެ ސަބަބުން ޗައިނާގެ މާކެޓުގައި ރާއްޖެ އަކީ އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މަގުފަހިވާނެ އެވެ.

އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކާމިޔާބު އަހަރަކަށް މިއަހަރު ވެގެންދާނެ އެވެ.

ފްލިގީ - ފްލިގީ އަކީ ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުމުގެ އިތުރުން، ޗުއްޓީ ހޭދަކުރަން ހިތްގައިމު ޤުދުރަތީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރާނެ އެވެ. އަދި މުހިއްމު މާކެޓެއްގެ ގޮތުގައި ރާއްޖޭގެ މާކެޓް ޕޮޒިޝަން ދެމެހެއްޓުމަށް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވާނެއެވެ. ފްލިގީ ބޭނުންކުރާ މީހުންގެ އަދަދު 300 މިލިއަނަށްވުރެ ގިނަ އެވެ. އަދި މި ކުންފުނި މެދުވެރިކޮށް 400 އެއާލައިންއަކުން ދަނީ ހިދުމަތް ދެމުންނެވެ. 

ވިލާ ރިސޯޓްސްއާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ސަބަބުން ރާއްޖެއަކީ މައިސް ފަތުރުވެރިކަމަށް ވެސް ފުރުސަތުތަކެއް ހުރި މަންޒިލެއްކަން އެނގިގެންދާނެ އެވެ. އެގޮތުން ވިޔަފާރި ބައްދަލުވުންތަކާއި ކޮންފަރެންސްތަކާއި ހަފްލާތައް ބޭއްވުމަށް އެންމެފުރިހަމަ މަންޒިލްގެ ގޮތުގައި ރާއްޖެ ދުނިޔެއަށް ދައްކާލެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވި ގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ޗައިނާ ރައްޔިތުންގެ ހިތުގައި ރާއްޖެއާ މެދު އޮތް ލޯތްބަށް ޝުކުރު އަދާކުރައްވާފަ އެވެ. މި ޕާޓްނާޝިޕަކީ މި ގުޅުން ހަރުދަނާކޮށް، ބިނާކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ.

އެމްއެމްޕީއާރްސީއިން ދަނީ ދުނިޔޭގެ މުހިންމު ފަތުރުވެރިކަމުގެ މާކެޓުތަކުގެ ރާއްޖޭއާ މެދު ޝައުގުވެރިކަން ދެމެހެއްޓުމަށާއި މަޤުބޫލުކަން އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ޕާޓްނަރުންނާއި ގުޅިގެން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ މާކެޓް ރީޗް ފުޅާކޮށް ފަތުރުވެރިކަމުގެ ސެގްމެންޓްތައް ޑައިވާސިފައިކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހާ ފަރާތްތަކާއި ގުޅިގެން ފަތުރުވެރިން ގެނައުމުގައި ކުރިއެރުން ތަކެއް ހޯދުމެވެ.

ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންނަށް އަބަދުވެސް ވަރަށް ހާއްސަ މަންޒިލެކެވެ. ވިޒިޓް މޯލްޑިވްސް ގެ އަމާޒަކީ ރާއްޖެ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމެހެއްޓުމާއި ސަނީ ސައިޑް އޮފް ލައިފްގެ އެންމެ ފަހުގެ ޚަބަރުތައް ޗައިނާގެ މާކެޓަށް ފޯރުކޮށްދިނުމެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް  184,632 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ޗައިނާއިން ރާއްޖެއަށް މިވަގުތު ފަސް އެއާލައިނަކުން ދަތުރު ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.