ޔާމީންގެ ރައްދު؛ ކިތަންމެ ބޭނުންވިޔަސް ސިޔާސީ މައިދާނުން އެކަހެރިއެއް ނުކުރެވޭނެ

"އަޅުގަނޑު ސިޔާސީ މައިދާނުން އެކަހެރި ވެގެނެއް ނޫން މިހުރީ. [އެ ބޭފުޅުންނަށް] އެކަހެރި ނުވެސް ކުރެވޭނެ. އަޅުގަނޑު މިހުރީ ސިޔާސީ މައިދާނު ގައި،"

މިނިސްޓަރު އިބްރާހިމް ފައިސަލް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން

ބަޔަކު ކިތަންމެ ބޭނުންވީ ނަމަވެސް ސިޔާސީ މައިދާނުން އެކަހެރި ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އައްޑޫ ސިޓީގައި ވާހަކަ ދައްކަވަމުން ޒުވާން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމަނިކުފާނު މިހާރު އެ ހުންނެވީ ސިޔާސީ މައިދާނުން އެކަހެރި ކުރައްވާފައި ކަމަށް ވިދާޅުވެފަ އެވެ.

ފައިސަލަށް ރައްދު ދެއްވާ ޔާމީން ވިދާޅުވީ ކިތަންމެ ހަރުއަޑުން އެހެން ވިދާޅުވި ނަމަވެސް އެކަން ނުކުރެއްވޭނެ ކަމަށެވެ. އެމަނިކުފާނު ސާބިތުވެ ހުންނެވީ ސިޔާސީ މައިދާނުގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ސިޔާސީ މައިދާނުން އެކަހެރި ވެގެނެއް ނޫން މިހުރީ. [އެ ބޭފުޅުންނަށް] އެކަހެރި ނުވެސް ކުރެވޭނެ. އަޅުގަނޑު މިހުރީ ސިޔާސީ މައިދާނު ގައި،" ވަރަށް ގިނަ ބަޔަކު ޓީވީން ބެލި ޖަލްސާ ގައި ޔާމީން ވިދާޅުވި އެވެ.

ޔާމީން ވަނީ އެމަނިކުފާނަށް ފާޑު ވިދާޅުވާ ސަރުކާރުގެ ވެރީންނަށް ވަރުގަދަ ޗެލެންޖެއް ވެސް ކުރައްވާފަ އެވެ. ވިދާޅުވީ އެއީ އެކަނި ނިކުންނަވައިފިނަމަ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ބޭފުޅުން ނޫން ކަމަށެވެ. އަދި ގޮން ޖައްސަވާ ވިދާޅުވީ އެއިން ބޭފުޅަކު ސަރުކާރުން ނިކުންނަވާ ސިޔާސީ ޕާޓީއެއް ހައްދަވަން ދިމާކުރައްވައިފިނަމަ ހާހެއްހާ މީހުންގެ ތާއީދު ވެސް ނުހޯއްދެވޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.