"ބިބީ" ގެ އޮފިޝަލް ޕޯސްޓަރު؛ ވަރަށް ތަފާތު، ބުނެދެނީ މިއީ ތަފާތު ފިލްމެއްކަން

ފިލްމުގެ ކެރެކްޓާތައް ފެންނަނީ ވަރަށް ތަފާތު ކޮށެވެ. ބިރުގަންނަވާލާނެ ކަން ގައިމެވެ. ހެއްވާ ލާނެ ކަން ވެސް ކަށަވަރެވެ. ތަފާތު ސްކްރީންޕްލޭ އަކަށް ވާނެ ކަމީ ވެސް ޔަގީން ކަމެކެވެ.

ބިބީގެ އޮފިޝަލް ޕޯސްޓަރު

ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު ސްޓޫޑިއޯ -- ޑާކްރެއިން އެެންޓަމައިންޓްގެ އާ ފިލްމް "ބިބީ" ގެ އޮފިޝަލް ޕޯސްޓަރު މިއަދު އާންމުކޮށްފި އެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހު ސިނަމާއަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެކެވެ. ޑާކްރެއިން އިން ކުރީން ވަނީ "ބިބީ" ގެ ފަސްޓްލޫކް ދައްކާލާފަ އެވެ.

އަދި މިއަދު ވަނީ އޮފިޝަލް ޕޯސްޓަރު ދައްކާލާފަ އެވެ. އޮފިޝަލް ޕޯސްޓަރު ވަރަށް ތަފާތެވެ. އެހާމެ ޝައުގުވެރި ކުރުވަ އެވެ. މި ޕޯސްޓަރުން ބުނެދެނީ މިއީ މި އަހަރު ސިނަމާއަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމެވެ. 

މިއީ ހޮރޯ-ކޮމެޑީ އެކެވެ. ފަސްޓްލޫކުން ފެނިގެން ދަނީ ބިރުވެރި ކަމެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ހެއްވާ/ މަޖާ ކަންތައްތަކަކީ ކޮބައިކަން ބަލައިލަން ޖެހެނީ އިންތިޒާރު ކޮށްލާށެވެ. ދެން މި ފެނުނީ އޮފިޝަލް ޕޯސްޓަރެވެ. ފިލްމަށް އިތުރަށް ޝައުގުވެރި ކުރުވާނެ އެވެ. ފިލްމުގެ ކެރެކްޓާތައް ފެންނަނީ ވަރަށް ތަފާތު ކޮށެވެ. ބިރުގަންނަވާލާނެ ކަން ގައިމެވެ. ހެއްވާ ލާނެ ކަން ވެސް ކަށަވަރެވެ. ތަފާތު ސްކްރީންޕްލޭ އަކަށް ވާނެ ކަމީ ވެސް ޔަގީން ކަމެކެވެ.

ފިލްމުގެ ޝޫޓިން މިހާރު ވަނީ ނިމިފަ އެވެ. މިވަގުތު ކުރަމުން ދަނީ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ. ޑާކްރެއިންގެ ފެންވަރު ގައި ފިލްމު ބެލުންތެރީންނަށް ގެނެސް ދިނުމުގެ މަސައްކަތެވެ.

ޒުވާން ރޭޑިއޯ / ޓީވީ ހުށައެޅުންތެރިޔާ އަދި ކުޅަދާނަ ވާހަކަ ލިޔުންތެރިޔާ ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭ އަކަށް މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ވެސް އޭނާ އެވެ. މިއީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމެވެ.

ފިލްމުގެ ލީޑް ތަރީންނަކީ ޝަރަފު އަބްދުﷲ އާއި މަރިޔަމް މަޖުދާ އެވެ. މީގެ އިތުރުން ޝީލާ ނަޖީބާއި އަހްމަދު ސައީދު ފަދަ ތަރީން ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ. ހާއްސަ ރޯލަކުން އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.

"މާމުއި" ނަމުގައި މޮޅު ކޮމެޑީއެއް ގެނެސް ދިން ޑާކްރެއިންގެ މި ފިލްމުގެ ކުރީން މި އަހަރު ވަނީ "ފުރޭތަ" ނަމުގައި ވަރަށް ރީތި ފިލްމެއް ގެނެސްދީފަ އެވެ. އެއީ މުޖްތަމައުގައި އޮތް ބޮޑެތި މައްސަލަތަކަށް ހާއްސަކޮށް ގެނެސްދީފައިވާ އެކްޝަން ފިލްމެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.