އިސްލާހު ގެޒެޓްކޮށްފި، ދެން ކައުންސިލުތަކުގެ ބައި-އިލެކްޝަން އޮންނާނީ އަހަރަކު ދެ ފަހަރު

މިހާރު އޮތްގޮތުން ކައުންސިލެއްގެ ގޮނޑިއެއް ހުސްވެއްޖެނަމަ އެ ގޮނޑިއަކަށް މެންބަރު އިންތިހާބުކުރުމަށް އިންތިހާބު ބާއްވާނީ އަހަރަކު ދެ ފަހަރު އެވެ.

އިންތިހާބުގައި މީހަކު ވޯޓް ލަނީ: ދެން ކައުންސިލުތަކުގެ ބައި-އިލެކްޝަން އޮންނާނީ އަހަރަކު ދެ ފަހަރު -- މި

ލޯކަލް ކައުންސިލުތަކުން ހުސްވާ ގޮނޑިތަކުގެ ބައި-އިލެކްޝަން އަހަރަކު ދެފަހަރު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު ގެޒެޓް ކޮށްފި އެވެ.

ލޯކަަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނު އިސްލާހުކޮށް ކައުންސިލުތަކުން ހުސްވާ ގޮނޑީގެ ބައި-އިލެކްޝަން ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ މުއްދަތު ބަދަލުކުރުމަށް ހުށަހެޅީ ސަރުކާރުންނެވެ. ސަރުކާރުން ހުށަަހެޅި އިސްލާހު ދިރާސާކުރުމަށްފަހު ލާމަރުކަޒީ ކޮމިޓީން މަޖިލީހަށް ހުށަަހެޅި ރިޕޯޓުގައިވަނީ ސަރުކާރުން ހުށަަހެޅި ބިލު އޮތް ގޮތަށް އިސްލާހުކުރަން ފެންނަ ކަމަށެވެ. އެ ހުށަހެޅުމަށް މަޖިލީހުގެ ވޯޓު ގަނޑީގައި އެހުމުން ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްކުރި އެވެ. އެއީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.

އެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަސްދީގު ކުރައްވާފަ އެވެ. އަދި އެ އިސްލާހު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބާ ބެހޭ ގާނޫނުގައި ކުރިން ބުނެފައިވަނީ ކައުންސިލެއްގެ ގޮނޑިއެއް ހުސްވެއްޖެނަމަ އެ ގޮނޑިއެއް ހުސްވި ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަަކު އިންތިހާބުކުރަން ބައި-އިލެކްޝަނެއް ބާއްވަންވާނެ ކަމަށެވެ.އަދި ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ކުރިމަަތިލުމަށް އެދި ހުށަހަޅަން 14 ދުވަހުގެ މުހުލަތެއް ދިނުމަށްވެސް ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ.

މިހާރު އޮތްގޮތުން ކައުންސިލެއްގެ ގޮނޑިއެއް ހުސްވެއްޖެނަމަ އެ ގޮނޑިއަކަށް މެންބަރު އިންތިހާބުކުރުމަށް އިންތިހާބު ބާއްވާނީ އަހަރަކު ދެ ފަހަރު އެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލިކަން އިއުލާނުކުރާނެ މުހުލަތު ކަނޑައެޅުން އެ އިސްލާހުން ދޫކޮށްލާފައިވަނީ އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދެއްގައި ހިމެނުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.