މައި ކެމިސްޓުގެ އޯނަރު ޓެކުހުން ރެކުމުގެ ތުހުމަތުގައި ދައުވާކުރަން ފޮނުވައިފި

މީރާއިން ބުނެފައިވަނީ ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައި އޮޅުވައިލުމަށް އިރުފާން މަސައްކަތްކުރީ ޓެކުސް ދެއްކުމުން ރެކުމަށް ގަސްތުގައި ރާވައިގެން އެ ނިޔަތުގަައި ކަމަށެވެ.

މިނިސްޓްރީ އޮފް ފިނޭންސް އަދި މީރާ -- މި

މައި ކެމިސްޓުގެ އޯނަރު ހުސައިން އިރުފާނު ޓެކުހަށް މަކަރު ހަދައި ޓެކުސް ދެއްކުމުން ރެކެން އުޅުނުކަމަށް ތުހުމަތުކޮށް ދައުވާ އުފުލުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ. 

މިއަދު މީރާއިން ނެރުނު ބަޔާނެއްގައި ތުހުމަތުކުރި ގޮތުގައި އިރުފާނުގެ މައްޗަށް ދައުވާކުރަން އެދުނީ ޓެކުހަށް މަކަރު ހެދިކަމަށް ތުހުމަތުވާ މައްސަލައެއްގަ އެވެ. އަދި އެ މައްސަލާގައި ދައުވާކުރަން ފޮނުވީ ޖިނާއީ ކުށުގެ ތުހުމަތުގައި އެ އިދާރާއިން ހިންގި ތަހުގީގަކަށް ފަހު އެވެ. 

މީރާއިން ތުހުމަތުކުރި ގޮތުގައި 2018 އަދި 2019 ވަނ އަހަރު އިރުފާނު ހުށަހަޅާފައިވާ ބިޒްނަސް ޕްރޮފިޓް ޓެކްސް ބަޔާންތަކުގައި ވަރަށް ބޮޑެތި އޮޅުވައިލުންތަކާއި ދޮގު މައުލޫމާތު ހިމަނާފައިވެ އެވެ. އަދި 2020 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާނުގައިވެސް ދޮގު މައުލޫމާތު ހިމަނާފަައިވާ ކަމަށް އެ އިދާރާއިން ތުހުމަތުކުރެ އެވެ. 

މީރާއިން ބުނެފައިވަނީ ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައި އޮޅުވައިލުމަށް އިރުފާން މަސައްކަތްކުރީ ޓެކުސް ދެއްކުމުން ރެކުމަށް ގަސްތުގައި ރާވައިގެން އެ ނިޔަތުގަަ ކަމަށެވެ. 

އެ އިދާރާއިން ފާހަގަކުރި ގޮތުގައި 2018- 2019 ވަނަ އަހަރު މައި ކެމިސްޓުގެ ގޯޑައުންއިން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ޓެކުސް ބަޔާންތަކުގައި އިރުފާން ހިމަނާފައިނުވެ އެވެ. އެވެރެޖުކޮށް އަހަރެއްގެ މައްޗަށް 53 މިލިއަން ރުފިޔާގެ އާމްދަނީއެއް ޓެކުސް ބަޔާންތަކުގައި ނުހިމަނައި ވަންހަނާކުރަން އިރުފާން މަސައްކަތްކުރި އެވެ. 

މީރާއިން ބުނި ގޮތުގައި އެ އިދާރާއިން ހިންގި ތަހުގީގުތަކުން މައި ކެމިސްޓުން ދައްކަންޖެހޭ ޓެކުހުގެ ތެރެއިން 12 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަން އެނގިފައިވާ ކަމަށާއި، އެ ފައިސާ ދައްކަން މީރާއިން އިރުފާނަށް އަންގާފައިވާކަމަށެވެ. 

ޓެކުސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އެއްވެސް ޓެކުހެއް ދެއްކުމަށް އެނގި ހުރެ ގަސްތުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ އަދި އެފަދަ ކަމަކަށް އެހީތެރިވެދިނުމަކީ ޖިނާއީ ކުށެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.