ހޯމޯން މައްސަލަތަކާ ގުޅޭ ފޮތެއް؛ މުސަންނިފުންގެ ތެރޭގައި ދިވެހި ޑޮކްޓަރެއް

މި ފޮތުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްދެނީ ދިރިއުޅުމުގެ ވައްޓަފާޅިން ހޯމޯންތަކށް ކުރާ އަސަރެވެ. އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ދިރިއުޅުމުގެ ވައްޓަފާޅީގެ މުހިއްމުކަމެވެ.

"ހޯމޯންސް އެންޑް ޕްރިޒާވިން ޔޫތު"ގެ ދެ މުސައްނިފުން، ފޮޓޯ: އެސްޓީއޯ

ދިވެހި ޑޮކްޓަރަކާއި ބޭރުގެ ޑޮކްޓަރަކު ލިޔުއްވާފައިވާ ހޯމޯން މައްސަލަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ހުރި ގުޅުން ކިޔައިދޭ ފޮތެއް ދިވެހިރާއްޖޭގައި އިފުތިތާހުކޮށްފި އެވެ. 

"ހޯމޯންސް އެންޑް ޕްރިޒާވިން ޔޫތު" ނުވަތަ ހޯމޯނާއި ޒުވާންކަން ދެމެހެއްޓުން ނަމުގައި ޝާއިއުކޮށްފައިވާ މި ފޮތް ލިޔުއްވީ ދިވެހި އެންޑޮކްރިނޮޖިސްޓު ޑރ.މުހައްމަދު ވިޝާމާއި ބޭރުގެ އެންޑޮކްރިނޮލޮޖިސްޓެއްކަމަށްވާ ޑރ.މާރިޔާ ރުސަލެންކޯ އެވެ. 

މި ފޮތުގައި މައިގަނޑު ގޮތެއްގައި ބަޔާންކޮށްދެނީ ދިރިއުޅުމުގެ ވައްޓަފާޅިން ހޯމޯންތަކށް ކުރާ އަސަރެވެ. އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ދިރިއުޅުމުގެ ވައްޓަފާޅީގެ މުހިއްމުކަމެވެ. އެ ފޮތުގައި ހޯމޯނާ ގުޅުން ހުރި ގިނަ މައްސަލަތަކަކަށް އަލިއަޅުވާލާފައިވެ އެވެ. 

އެގޮތުން ސްޓްރެސްއާއި ޖިންސީ ދުޅަހެޔޮކަމއި އުމުރުން ދުވަސްވުމުން ކުރާ އަސަރުތައް ފަދަ ކަންކަމަށް ބަލާލާފއިވެ އެވެ. 

މި ފޮތް ފުރަތަމަ ނެރެފައިވަނީ ބެލަރޫސްގަ އެވެ. ރާއްޖެއަކީ ދެވަނައަށް އެ ފޮތް ޝާއިއުކޮށް ނެރޭ ގައުމެވެ. އެ ފޮތް އިނގިރޭސިންނާއި ރަޝިޔާ ބަހުން އެމޭޒަން އަދި އޮޑިބަލްއިން ލިބޭނެ އެވެ. 

މި ފޮތް އިފުތިތާހުކުރުމަށް ރޭ އާޓް ގެލަރީގައި އޮތް ރަސްމިއްޔާތުގައި ފޮތް އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޚަދީޖާ އަބްދުލް ސަމަދެވެ. އެ ރަސްމިއްޔާތުގައި ފޮތުގެ ދެ މުސަންނިފުންވަނީ ވާހަކަދައްކަވާފަ އެވެ. 

އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި މީޑިޔާގެ ދައުރު ބޮޑެވެ. އަދި އެންޑޮކްރިން މައްސަލަތައް ރާއްޖޭގައި ގިނަވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ދެ ބޭފުޅުން ފާހަގަަކުރެއްވި އެވެ. 

ފޮތް ނެރުމުގައި އެސްޓީއޯއާއި ބެލަރުސް ކަލްޗަރަލް ސެންޓަރުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވައި ޑރ.ވިޝާމް ޝުކުރު އަދާކުރެއްވި އެވެ. އަދި މިއީ ދިވެހި މުޖުތަމައަށް ހިއްސާއެއް ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅެއްގެ ގޮތުގަައި އޭނާ ފާހަގަކުރެއްވި އެވެ. 

ރާއްޖޭގެ ނިއުރޯ އެންޑޮކްރިން ފެސިލިޓީގައި ހިދުމަތް ކުރެއްވި މަދު ދުވަސްކޮޅުގެ ތެރޭގައި ދިވެހި ބަލިމީހުން އެނގިދެނިވުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމުގައި ޑރ.މާރިޔާ ފާހަގަކުރެއްވި އެވެ.  ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއާއި ބަރުދަނާ ގުޅޭ ބަލިތައް ގިނަކަން ފާހަގަކުރެއްވުނު ކަމުގައި ޑރ.މާރިޔާ ވިދާޅުވި އެވެ. 

އެ ފޮތް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން ފޮތް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ އިންސާނީ އެހީ ފޯރުކޮށްދޭ ދިވެހި ޖަމްއިއްޔާތަކަކަށެވެ. 

މި ބައްދަލުވުމުގައި ފޮތުގެ ދެ މުސައްނިފުންވަނީ ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އާންމު ސިއްހަތާ ގުޅޭ ގޮތުން އެ ރަސްމިއްޔާތުގައި ބައިވެރިވީ އާންމުންނާ މަޝްވަރާކުރައްވައި މައުލޫމާތު ހިއްސާކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.