އިމިގުރޭޝަނުގެ އޮޕަރޭޝަންތައް | ހުއްޓުމެއް ނެތް، ގަވާއިދާ ހިލާފު 14 މީހަކު އަތުލައިގަނެފި

އެ ސަރަހައްދު ބަލައިފާސްކުރުމުގެ ތެރެއިން ލިޔެކިޔުން ނެތި ހުއްދައެއް ނެތި މާލޭގައި ދިރިއުޅެމުން އައި 14 ބިދޭސީއަކު އެ އިދާރާަގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގުރޭޝަނުން ބުންޏެވެ.

އިމިގުރޭޝނުގެ އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި އެ އިދާރާއިން ކުރިއަށް ގެންގޮސް އިއްޔެ ގަވާއިދާ ހިލާފަށް އުޅޭ 14 މީހަކު އެ އިމިގުރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ. 

އިމިގުރޭޝަނުން އަންނަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާ ގުޅިގެން ދެ ބާވަތެއްގެ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ޗެކުކޮށް ހުއްދަ ނެތި ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ހާއްސަ މަސައްކަތްތަކެއް އެ އިދާރާއިން ފަށާފައިވެ އެވެ. 

އޭގެ އިތުރަށް އެ އިދާރާއަށް ލިބޭ މައުލޫމާތާ ގުޅިގެން ލިޔެކިޔުން ނެތް ބިދޭސީން ހޯދައި އެ މީހުން ޑީޕޯޓުކުރުމަށް ހާއްސަ އޮޕަރޭޝަނެއް އެ އިދާރާއިން ދަނީ ހިންގަމުންނެވެ. އެ އޮޕަރޭޝަން ހިންގަމުންދަނީ އެ އިދާރާއަށް އެކި ގޮތްގޮތުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. 

މިއަދު އިމިގުރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ ގޮތުން "އިމިގްރޭޝަން ވޮޗް"އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ އިދާރާއިން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. 

އެ އޮޕަރޭޝަނުގެ ތެރެއިން ގ.ހީނާމާގޭ ޕާކިން ސަރަހައްދު ބަލައިފާސްކުރިކަމަަށާއި، އެ ސަރަހައްދު ބަލައިފާސްކުރުމުގެ ތެރެއިން ލިޔެކިޔުން ނެތި ހުއްދައެއް ނެތި މާލޭގައި ދިރިއުޅެމުން އައި 14 ބިދޭސީއަކު އެ އިދާރާަގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގުރޭޝަނުން ބުންޏެވެ. 

އިމިގުރޭޝަނުން މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަތުމަށްފަހު އެމީހުން އަނބުރާ ފޮނުވާލާފައިވެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.