ތެޔޮ ހުސްވެ ލުބުނާނުގައި ކަރަންޓުގެ ހިދުމަތް ހުއްޓުމަކަށް

ޒަހްރާން ޕަވަ ޕްލާންޓުން ކަރަންޓު ފޯރުކޮށްދިނުން ހުއްޓައިލުމުން ލުބުނާނުގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑުނެވެ.

ޒަހްރާނީ ޕަަވަ ޕްލާންޓުގެ ހިދުމަތް ހުއްޓައިލުމުން ލުބުނާަނުގެ މުހިއްމު އެތައް ތަނެއްގެ ހިދުމަތް ހުއްޓިފައިވޭ، ފޮޓޯ: ރޮއިޓާާސް

ލުބުނާނުގައި ކަރަންޓުގެ ހިދުމަތްދޭ ކުންފުނިން މުޅި ގައުމުން ކަރަންޓު ކަނޑައިލަންޖެހިފައިވާކަން އިއުލާނުކޮށްފި އެވެ. 

ދަ އިލެކްޓްރިސިޓީ އޮފް ލެބަނަން ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރަމުން އައި ޒަހްރާނީ ޕަވަ ޕްލާންޓުގެ ހިދުމަތް މެދުކަނޑައިލަން މަޖުބޫރުވެފައިވާ ކަމަށެވެ. އެ އިންޖީނުގެއަކީ މުޅި ލުބުނާނަށް ކަރަންޓު ފޯރުކޮށްދޭ ޕަވަ ޕްލާންޓަކަށްވާއިރު އެތަނުގެ ހިދުމަތް ހުއްޓައިލަންޖެހުނީ ތެޔޮ ހުސްވުމުގެ ސަބަބުންނެވެ. 

ޒަހްރާން ޕަވަ ޕްލާންޓުން ކަރަންޓު ފޯރުކޮށްދިނުން ހުއްޓައިލުމުން ލުބުނާނުގެ ހުރިހާ ސަރަހައްދަކުން ކަރަންޓު ކެނޑުނެވެ. 

ކަރަންޓުގެ ކެނޑުމުގެ އަސަރު ލުބުނާނުގެ މުހިއްމު ފެސިލިޓީތަކަށް ކުރި އެވެ. އެގޮތުން ރަފީގު ހަރީރީ އިންޓަނޭޝަނަަލް އެއާޕޯޓާއި، ބެއިރޫތުގެ ބަނދަރާއި ޖަލުތަކާއި، ފެން ސާފުކުރާ ތަންތަން ހުއްޓުމަކަށް އައިސްފައިވެ އެވެ. 

ލުބުނާނުގެ ދެކުނުގައި ހުންނަ ޒަހްރާނީ ޕަވަ ސްޓޭޝަނަކީ އެ ގައުމުގައި މިވަގުތު ހިދުމަތް ދެމުންދާ މަދު ހަކަތަ އުފައްދާ ސްޓޭޝަންތަކުގެ ތެރެއިން އެއް ސްޓޭޝަނެވެ. އަދި އެ ސްޓޭޝަނަކީ މުޅި ލުބުނާނަށް ކަރަންޓު ފޯރުކޮށްދޭ ސްޓޭޝަނެކެވެ. 

ކަރަންޓު ކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ އެ ޕަވަ ސްޓޭޝަނުން ހަކަތަ އުފެއްދުން މަޑުޖައްސައިލީ ހިދުމަތް ފޯރުކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެންވެސް އިތުރަށް ހިދުމަތް ދެވޭނެ އެއްވެސް މަގެއް ފަހިނުވުމުން ކަމަށެވެ. 

ލުބުނާނުގެ ސަރުކާރަށް ކުރިމަތިވި މާލީ ދަތިތަކުގެ ސަބަބުން ތެޔޮ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ ނުލިބި ފާއިތުވި އަހަރުތަކުގައި އެ ގައުމުގައި ކަރަންޓުގެ ހިދުމަތަށް ދޭތެރެ ދޭތެރެއިން ބުރޫއެރުމަކީ އާންމު ކަމެކެވެ. 

އެ ކުންފުނިން ބުނެފައިވަނީ ޒަހްރާނީ ޕަވަ ޕްލާންޓުން ކަރަންޓު ދިނުން ހުއްޓައިލި ނަމަވެސް ތެޔޮ ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުކުރެވި ތެޔޮބ ލިބުނުހާ އަވަހަކަށް އެ ޕަވަ ޕްލާންޓުން ހަކަތަ ފޯރުކޮށްދޭން އަލުން ފަށާނެ ކަމަށެވެ. ތެޔޮ ހޯދުމަށް ނަގާނެ ވަކި މުހުލަތެއް އެ ކުންފުނިން ބަޔާން ނުކުރެ އެވެ. 

ދުވާލެއްގެ މައްޗަށް 1،600 އާއި 2،000 މެގަވޯޓާ ދެމެދުގެ މިންވަރަކަށް ކަރަންޓު އުފައްދަމުން އައި ލުބުނާނަށް ކުރިމަތިވި ތެލުގެ ދަތިކަމާއެކު އެ ގައުމުން ކަރަންޓު އުފައްދާ މިންވަރުވަނީ ވަރަށް ބޮޑުތަން ދަށްވެފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.