ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ ވިދާޅުވީ ވޭމަންޑޫގައި ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ވޭމަންޑޫގައި ތިބޭ ފުލުހުން މީހަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ ޒުވާނުންގެ ބަޔަކު މިރޭ ވަނީ އިހުތިޖާޖު ކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުން އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ފުލުހުން ވަނީ މީހަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފަ އެވެ.
އެ އިހުތިޖާޖުގެ މަންޒަރުތައް ބަޔަކު ލައިވް ވެސް ކުރި އެވެ. ޕޮލިސް ސްޓޭޝަންގެ އިސްވެރީން ވަނީ އިހުތިޖާޖު ހުއްޓުވަން މަސަައްކަތް ކޮށް އެފަދަ ކަމެއް ނުކުރާ ކަމަށް ބުނެފަ އެވެ. ނަމަވެސް މަންޒަރު ފެނުނު ކަމަށް ބުނެ އެ މީހުން ވަނީ އަޑުއުފުލާފަ އެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ ވިދާޅުވީ ވޭމަންޑޫގައި ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.