މިއީ ކޮންމެ ރެއަކު އޮލިމްޕަހުގެ ހާލަތު، ތަޖުރިބާކޮށްލާ ކަހަލައެއް ނޫންތަ؟

ފިލްމުގައި ބިރުވެރި މަންޒަރުތައް ވަަރަށް ގިނަ އެވެ. އެ މަންޒަރުތައް ގެނެސްދީފައި ވަނީ ވަރަށް ފުރިހަމައަށެވެ. އެކަމުގެ ހެއްކަކީ ކޮންމެ ރެއަކު އޮލިމްޕަހުން އިވޭ ހަޅޭކުގެ އަޑެވެ.

ސާޔާގެ އޮފިޝަލް ޕޯސްޓަރެއް: މިއީ ވަރަށް މޮޅު އުފެއްދުމެއްް

ފިލްމު ޕްރޮޑިއުސަރު، އިސްމާއީލް ޝަފީގުގެ އާ ފިލްމު "ސާޔާ" މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އޮލިމްޕަހު ގައި ދަނީ ދައްކަމުންނެވެ. މިހާތަނަށް ފިލްމުގެ ގިނަ ޝޯ ތަކެއް ދައްކާފައިވާއިރު ފިލްމު ބެލި ވަރަށް ގިނަ ބަޔަކަށް މި ފިލްމު ކަމުދިޔަ އެވެ. ފިލްމުގެ ރީތި ވާހަކަ ދައްކާފައިވެ އެވެ.

"ސާޔާ" އަކީ ވަރަށް ގިނަ ހާދިސާތަކެއްގެ މައްޗަށް އެކުލެވޭ ތަފާތު ގިނަ އިހުސާސްތައް އެކުލެވޭ މޮޅު ފިލްމެކެވެ. ލޯބްތާއި ރުޅިވެރިކަމާއި ނަފްރަތާއި ބިރުވެރިކަމާއި ނަމާންކަމާއި ހިތާމައާ ހިތްދަތިކަމުގެ އިހުސާސު ކުރެވޭނެ އެވެ.

ފިލްމުގައި ބިރުވެރި މަންޒަރުތައް ވަަރަށް ގިނަ އެވެ. އެ މަންޒަރުތައް ގެނެސްދީފައި ވަނީ ވަރަށް ފުރިހަމައަށެވެ. އެކަމުގެ ހެއްކަކީ ކޮންމެ ރެއަކު އޮލިމްޕަހުން އިވޭ ހަޅޭކުގެ އަޑެވެ. އެފަދަ ކޮންމެ މަންޒަރަކާ އެކު މުޅި އޮލިމްޕަސް ތެރެ އެއް އަޑަކުން ގުގުމާލަ އެވެ. ބެލުންތެރީންގެ ހަޅޭކުގެ އަޑުންނެވެ.

ބައެއް މީހުން ތިބެނީ ޖެހިގެން އިންނަ އެކުވެރިޔާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ދެން ވާނެ ގޮތެއް ނޭންގިފަ އެވެ. ބިރުވެރި މަންޒަރުތަކުން ހިތަށް ކުރުވާ އިހުސާސުތަކުގެ ސަބަބުންނެވެ. އެ އިހުސާސު އިތުރު ކުރުވަނީ މުޅި ސިނަމާތެރެ އެކުގައި އެއް އަޑަކުން ގުގުމާލުމުންނެވެ.

މިއީ ބިރުވެރި ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު ވަރަށް ބޮޑަށް ތަޖުރިބާ ކޮށްލަން ބޭނުންވާ ކަމެކެވެ. ސާޔާ ބަލާލަން އޮލިމްޕަހަށް ދަމާ ހިނގާށެވެ. މި އިހުސާސު ކޮށްލެވޭނެ ކަން ޔަގީނެވެ. މި ވީޑިއޯ ކޮޅުން ވެސް އެކަން ޔަގީން ކޮށްދެ އެވެ.

މިއީ އެހާމެ ރީތި ފިލްމެއް ވެސް މެ

"ސާޔާ" ގެ އެންމެ އެންމެ ފާހަގަކޮށްލެވެނީ ރީތި / ހިތްގައިމު މަންޒަރުތަކެވެ. އަސްލެކޭ ހީވާހާ ފުރިހަމަަ އެވެ. މުޅި ފިލްމު ޝޫޓްކޮށްފައި ވަނީ އައުޓް ޑޯ ގަ އެވެ. ހާއްސަކޮށް ވަލުތެރޭގަ އެވެ. ބޯ ގަސްތަކުގެ ތެރޭގައި ގިނަ މަންޒަރުތައް ނަގާފައި ވަނީ ވެސް ރޭގަނޑުގެ ކަނު އަނދިރީގެ ތެރޭގަ އެވެ. ނަމަވެސް ކޮންމެ މަންޒަރެއް ގެނެސްދީފައި ވަނީ ވަރަށް ފުރިހަމަ އަށެވެ.

އެކްޓަރުންގެ މޮޅު އެކްޓިންއާ ސްކްރީންޕްލޭގެ ފުރިހަމަ ކަމާއި ތަފާތު ބެކްމިއުޒިކުން ފިލްމަށް ގެނެސްދީފައި ވަނީ ބޮޑު ފުރިހަމަ ކަމެކެވެ. މި މަހުގެ 24 ވަނަ ދުވަހުގެ ރެއާ ހަމައަށް އޮލިމްޕަހު ގައި ފިލްމު ދައްކާނެ އެވެ. އަވަހަށް ޓިކެޓެއް ނަގައިގެން ފިލްމު ބަލާލަން ދާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.