ހޮސްޕިޓަލުން ވެސް އިތުުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް އެ މުވައްޒިފު މިހާރު ސަސްޕެންޑް ކޮށްފައިވާ ކަން ޔަގީން ކޮށްދިނެވެ.
ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އޭނާ ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ފުލުހުންގެ އިދާރާއިން މިޑިއާއަށް މައުލޫމާތު ދިން ގޮތުގައި އެ އިދާރާއިން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ބަލަމުންނެވެ. ބަލަމުންދާ މައްސަލައިގެ އިތުރު ތަފުސީލު ނުދިން ނަމަވެސް ފުލުހުން ހާމަކުރި ގޮތުގައި ބަލަމުންދާ މައްސަލަ ފުލުހަށް ހުށަހެޅީ އަައިޖީއެމްއެޗް ހޮސްޕިޓަލުންނެވެ.
ހޮސްޕިޓަލުން ވެސް އިތުުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް އެ މުވައްޒިފު މިހާރު ސަސްޕެންޑް ކޮށްފައިވާ ކަން ޔަގީން ކޮށްދިނެވެ.
މި މަައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމުގައި ފުލުހުން ބުންޏެވެ.