އިޓަލީއާއި ޖަރުމަނު ފަތުރުވެރިންގެ އަދަދު ލައްކައަކާ ކައިރިއަށް

މި އަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މި މަހުގެ ފުރަތަމަ 13 ދުވަހު އެވެރެޖުކޮށް ދުވާލަކު 6،536 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.

ޓޫރިޒަމް ފަތުރުވެރިކަން ޓޫރިސްޓުން ފަތުރުވެރިން ކްރޫޒަ ލައިނާ ފޮޓޯ: ޔާމިން މުޙައްމަދު / މިރާ

ރާއްޖެއަަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީއާއި ޖަރުމަނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ލައްކައަކާ ކައިރިވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 13 ވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރަށް ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓު 13 ވަނަ ދުވަހުގެ ނިޔަލަށް ތިން ގައުމަކުން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.

ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައު ގައުމުތައް

  •  ޗައިނާ: 177،583 ފަތުރުވެރިން
  •  ރަޝިޔާ: 135،932 ފަތުރުވެރިން
  •  އިނގިރޭސިވިލާތް: `110،405 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ހިސާބުތަކަށް ބަލާއިރަށް މި އަހަރުގެ މިހާތަނަށް އިޓަލީން 93،153 ފަތުރުވެރިން ރާއްޖެއަށް އައިފައިވެ އެވެ. ޖަރުމަންވިލާތުން 90،336 ފަތުރުވެރިން އައިސްފައިވެ އެވެ، މި އަހަރު ހަތަރުވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައީ އިޓަލީންނެވެ. ފަސްވަނައަށް ޖަރުމަނުންނެވެ. 

މި އަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މި މަހުގެ ފުރަތަމަ 13 ދުވަހު އެވެރެޖުކޮށް ދުވާލަކު 6،536 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް އެވެރެޖުކޮށް ކޮންމެ ދުވަހު އައީ 5،607 ފަތުރުވެރިންނެވެ. 

މި އަހަރުގެ މިހާތަނަށް ރާއްޖެއަަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 10.4 އިންސައްތަ އިތުރެވެ. އެވެރެޖުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އަންނަނީ 7.7 ދުވަސް ރާއްޖޭގައި ހޭދަކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.