"ހާޝިމް ވަގުތުން ވަކިނުކުރެއްވުމަކީ ރައީސް ނުފޫޒު ނުފޯރުއްވާ ކަމުގެ ހެއްކެއް"

އޭނާ ވިދާޅުވީ، ރައީސަށް ވެރިކަން ލިބި އަދި ރައްޔިތުންގެ މަޖިލީސް ވެސް ލިބުމާއެކު އަނެއް ދުވަހު ހާޝިމް ވަކިކުރުމުގެ ބާރު އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމަށެވެ.

އިބްރާހިމް މުހައްމަދު (ޖަނާބު އިއްްބެ)

މިނިވަން މުއައްސަސާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ނުފޯރުވާ ކަމުގެ ހެއްކަކީ ވެރިކަމާ ހަވާލުވެވަޑައިގެން އޭރު ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް ވަކިކުރަން ނޫޅުއްވުން ކަމަށް މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގަވަރުނަރުގެ މަގާމުގައި ހުންނެވީ ހާޝިމް އެވެ. ހާޝިމް މިދިޔަ މަހުގެ 22 ވަނަ ދުވަހު ވަކިކުރެއްވީ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސް ކުރުމުންނެވެ. އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އެވެ.

އޭނާ އެ މަގާމުން ވަކިކުރެއްވުމުން، މިނިވަން މުއައްސަސާތަކަށް ރައީސްގެ ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ކުރަން ފެށިގެން އެކަން ދިފާއު ކުރައްވަމުން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މެންބަރު އިބްރާހިމް ވިދާޅުވީ ހަގީގަތުގައި ފެނިގެން ދިޔައީ ރައީސްގެ ނުފޫޒު މިނިވަން މުއައްސަސާތަކަށް ނެތް މިންވަރު ކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސަށް ވެރިކަން ލިބި އަދި ރައްޔިތުންގެ މަޖިލީސް ވެސް ލިބުމާއެކު އަނެއް ދުވަހު ހާޝިމް ވަކިކުރުމުގެ ބާރު އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ކަމަށެވެ.

"އެ ބަހައްޓާފަ ހުރީ ރައީސް މުއިއްޒުގެ ހިތުގަ ގަވަރުނަރާ ދޭތެރޭ އެއްވެސް ދެކޮޅުވެރިކަމެއް، ޒާތީ މައްސަލައެއް ނެތީމަ. އެހެން ނަމަވެސް މާލީ ކަންކަން ބޮއްސުންލައި، މާލީ ކަންކަމުގަ ސަރުކާރަށް ލަފާދޭން ގާނޫނުން ލާޒިމް ކުރާ މިންވަރަށް ގަވަރުނަރު ނުވީ، ނުވީމާ މަޖިލީހުން އެކަން މި ފާހަގަކުރަނީ،" މެންބަރު ވިދާޅުވި އެވެ.

މެންބަރު ވިދާޅުވީ، ރާއްޖެ 120 ބިލިއަން ރުފިޔާއިން ދަރަނިވެރިގެން ދިޔައިރު އެކަމަށް ޒިންމާވާ ޓީމުގެ އެންމެ އިސް ސަފުގައި ހުރީވެސް ހާޝިމް ކަމަށެވެ. އަނެއްކޮޅުން ފެނަކަ ބޮއްސުންލައިގެން ދިޔައިރު ސަރުކާރުގައި ބަހެއް އަދި ލަފަޔެއް ވެސް ހާޝިމް ދީފައި ނުވާ ކަމަށާއި، ލަފައެއް ދީގެން އޭގެ ނަތީޖާ ނުނިކުތްނަމަ އިސްތިއުފާ ދިނުމުގެ އިހުތިޔާރު ނުވަތަ ރައްޔިތުން އެކަން އެންގުމުގެ އިހުތިޔާރު ވެސް އޭނާއަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ހާޝިމް ކޮށްފައި ނުވާކަން މެންބަރު ފާހަގަކުރެއްވި އެވެ.

"ދައުލަތް ހަރާބުވެގެން ދަރަނި މައްޗަށް ދަރަނި އަރާ، އުފަން ނުވާ ކުދިންގެ ބޮލުގަވެސް ދަރަނި އެޅުނުއިރުގަ އެޓީމުގަ އެންމެ އިސްކޮށް ހުންނެވީ އަޅުގަނޑެއް ނޫން، ގަވަރުނަރު. އެހެންވީމަ އެފަދަ ގަވަރުނަރަކު ބޭރުކުރުމަކީ ހަގީގަތުގަ ދިވެހި ރައްޔިތުންނަށްޓަކާ ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކުން ހަގީގަތުގަ ރެއިޒް ކުރި ވަރަށް ރަގަޅު ސުވާލެއް، ވަރަށް ރަގަޅު ހެޔޮކަމެއް. އެއީ ކުރަންޖެހޭ ކަމެއް،" މެންބަރު ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކަށް ރައީސް ނުފޫޒު ނުފޯރުއްވާ ކަމުގެ އެހެން މިސާލެއް ދައްކަވަމުން އިބްރާހިމް ވިދާޅުވީ، މިހާރުވެސް ބައެއް މުއައްސަސާތަކުގައި ކުރީ ސަރުކާރުގައި އައްޔަނުކޮށްފައިވާ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. އޭގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ނަން ފާހަގަކުރެއްވި އެވެ. ވިދާޅުވީ، ޕީޖީ ޝަމީމް ވަކިކުރައްވަން ވެސް ރައީސް ނޫޅުއްވާ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ޒިންމާ އަދާނުކުރާނަމަ، އަދި "މުއިއްޒު ސްޕީޑު" ނުފެންނަނަމަ އެމީހުންގެ މައްސަލަތައް މަޖިލީހުން ބަލާނެ ކަމަށެވެ.

ޕީޖީ ޝަމީމްގެ ނަން އިބްރާހިމް ފާހަގަކުރެއްވިއިރު، މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިހާރު ދަނީ އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރަމުންނެވެ. އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވީ، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ކޮމެޓީން ވަނީ ޖަވާބުދާރީވާން ޝަމީމަށް ނޯޓިސް ފޮނުވަން ވެސް ނިންމާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.