ބަލަމުންދާ މައްސަލައިގެ އިތުރު ތަފުސީލު ނުދިން ނަމަވެސް ފުލުހުން ހާމަކުރި ގޮތުގައި ބަލަމުންދާ މައްސަލަ ފުލުހަށް ހުށަހެޅީ އަައިޖީއެމްއެޗް ހޮސްޕިޓަލުންނެވެ.
އައިޖީއެމްއެޗްގައި މަސައްކަަތްކުރާ ނަރުހަކާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުންގެ އިދާރާއިން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ އިދާރާއިން މިޑިއާއަށް މައުލޫމާތު ދިން ގޮތުގައި އެ އިދާރާއިން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ސަރުކާރު ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހަކާ ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ބަލަމުންނެވެ.
ބަލަމުންދާ މައްސަލައިގެ އިތުރު ތަފުސީލު ނުދިން ނަމަވެސް ފުލުހުން ހާމަކުރި ގޮތުގައި ބަލަމުންދާ މައްސަލަ ފުލުހަށް ހުށަހެޅީ އަައިޖީއެމްއެޗް ހޮސްޕިޓަލުންނެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލުތަކެއް ފުލުހުން ހާމަނުކުރެ އެވެ.
މި މަައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމުގައި ފުލުހުން ބުންޏެވެ.