ހެދިކާއެއްގެ ތެރޭ އޮތް ފުޅިމުށި ގަނޑަކުން ކުއްޖެއްގެ އަނގަ ހަލާކުވެއްޖެ

ފުޅިމުށިގަނޑު ކެވުމުގެ ސަބަބުން އަނގަ ހަލާކުވެފައި ވަނީ ކުޑަ ކުއްޖެކެވެ. އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ހެދިކާއިން ފެނުނު ފުޅިމުށިގަނޑު --

ހެދިކާއެއްގެ ތެރޭގައި އޮތް ފުޅިމުށި ގަނޑެއް ކެވިގެން ކުއްޖެއްގެ އަނގަ ހަލާކުވެއްޖެ އެވެ.

މިހާދިސާ ހިނގާފައި ވަނީ އިއްޔެ ގދ. ތިނަދޫގަ އެވެ. ހެދިކާ ގަނެފައި ވަނީ އެރަށުގައި ހުންނަ ފިހާރައަކުންނެވެ. މިކަން ހިނގުމުން އެރަށު މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ފިހާރައަކުން ގަތް ހެދިކާއެއް ކެއުމުން އޭނާގެ ކޮއްކޮއެއްގެ އަނގަ ކަފައިގެން ގޮސްފައިވާ ކަމަށެވެ.

އެ ފުޅިމުށިގަނޑު ކެވުނީ ބިސްކީމިޔާއެއްގެ ތެރެއިންނެވެ. އެމީހާ ވަނީ ކުއްޖާގެ އަނގަޔާއި އެ ފުޅިމުށިގަނޑު ވެސް އެ ޕޯސްޓާއެކު ހިއްސާ ކޮށްފަ އެވެ. ފުޅިމުށިގަނޑު ކެވުމުގެ ސަބަބުން އަނގަ ހަލާކުވެފައި ވަނީ ކުޑަ ކުއްޖެކެވެ. އެކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އެނގިފައިވާ ގޮތުގައި ހެދިކާ ގަތީ އެރަށު ޝޮޕް ކޮކީ ނަމަކަށް ކިޔާ ފިހާރައަކުންނެވެ. އެފިހާރައިގައި ވިއްކަނީ އެރަށު ފޯޓައިމް ކެފޭގައި ހަދާ ހެދިކާ އެވެ.

މިހާދިސާ ހިނގުމުން ފުލުހުން ގޮސް އެ ކެފޭ ބަންދު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މިހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.