ބޮގަރު ކައްކާކަމުގެ ތުހުމަތުގައި ލ. ގަމުން ދެ މީހުން ހައްޔަރު ކޮށްފި

ބަލައިފާސްކުރުމުގެ ތެރޭގައި، އެ ގޭ ތެރެއިން 24.42 ގްރާމް ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. އަދި ބޮގަރު ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 2 ރުނބަޔާއި ފަސް ލީޓަރު ފުޅިއެއް ވަނީ ހޯދާފަ އެވެ.

ލ. ގަން: ބޮގަރު ކައްކާ ކަމުގެ ތުހުމަތުގައި އެރަށުން ވަނީ ދެ މީހުން ހައްޔަރުކޮށްފައި --

ބޮގަރު ކައްކާ ކަމުގެ ތުހުމަތުގައި ލ. ގަމުން ދިވެހި ދެ ފިރިހެނުން އިއްޔެ ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ގަން / ތުނޑި، ވިލެޖް ގޭގައި މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރި ކުރާ ކަމަށާއި އަދި ބޮގަރު ކައްކައި އޭގެ ވިޔަފާރި ކުރާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ބަލައިފާސްކުރުމުގެ ތެރޭގައި، އެ ގޭ ތެރެއިން 24.42 ގްރާމް ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. އަދި ބޮގަރު ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 2 ރުނބަޔާއި ފަސް ލީޓަރު ފުޅިއެއް ވަނީ ހޯދާފަ އެވެ. ފުލުހުން ބުނީ ބޮގަރު ކައްކަން ބޭނުންކުރާ ސާމާނު ވެސް އެގެއިން ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 42 އަދި 57 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.