މަޝްހޫރު ވިޔަފާރިވެރިޔާ އޯކޭ ޒާހިރު އަވަހާރަވެއްޖެ

ޒާހިރަކީ ވިޔަފާރީގެ އިތުރަށް ސިޔާސީ އިސްލާހީ މަސައްކަތްތަކުގައިވެސް އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

މުހައްމަދު ޒާހިރު

ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރެއްވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ. 

ޒާހިރު އަވަހާރަވީ ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންދަނިކޮށެވެ. އޭނާ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. 

ޒާހިރަކީ ވިޔަފާރީގެ އިތުރަށް ސިޔާސީ އިސްލާހީ މަސައްކަތްތަކުގައިވެސް އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ އުފެއްދެވުމުގައިވެސް މުހިއްމު މަސައްކަތްތަކެއް ޒާހިރު ކުރެއްވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު އަދާކުރެއްވި ޒާހިރަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އިސްލާހީ އެޖެންޑާ އިއުލާނުކުރުމުން ބޭއްވި މިނިވަން ބަހުސްތައް އިންތިޒާމުކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. 

ޒާހިރަކީ އިގުތިސާދީ މަސައްކަތްކުރުމުގެ ރޮނގުން އާންމު ހިދުމަތުގެ ގައުމީ އިނާމު 1993 ވަނަ އަހަރު ލިބިވަޑައިގެންފައިވާ ހިދުމަތްތެރި ބޭފުޅެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.