ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަަފާކޮށް އުތުރާއި މެދަށް ރީނދޫ ސަމާލު

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރުނީ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނެފައިވަނީ އެ ވަގުތު މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

މޫސުން ގޯސްވެ ކަނޑު ގަދަ ވެފައި: މިއަދު ބޮޑު ސަރަހައްދަށް މޫސުން ގޯސް -- ފޮޓޯ: ދަ މިރާ

އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް މިއަދު ވެސް ވަރަށް ބޮޑަށް ވިއްސާރަވާނެ ކަމަށާއި، އެ ސަރަަހައްދަށް ގަދައަށް ވައިޖެހޭނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފި އެވެ.

އެ އިދާރާއިން މިއަދު ހެނދުނު ރީނދޫ ސަމާލު ނެރުނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރުނީ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނެފައިވަނީ އެ ވަގުތު މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

އޭގެ އިތުރަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށާއި، ކަނޑުތައް ވަރަށް ގަދަވާނެ ކަމުގައި ލަފާކުރެވޭ ކަމަަށް އެ އިދާރާއިން ބުނެފައިވެ އެވެ.

މިއަދު އުތުރާއި މެދުރާއްޖެތެރެއަށް ބޯކޮށް ވިއްސާރަކޮށް ގަދައަށް ވައިޖެހޭނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައިވާއިރު ހިނގަމުންދާ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ. 

މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރާ ވިއްސާރަ އެވެ. މި ވިއްސާރައިގެ ސަބަބުން ވޭތުވެދިޔަ ދުވަސްތަކުގައި ރަށްރަށުގައި ފެންބޮޑުވެ، ގޭގެއަށް ވެންވަދުމުގެ ސަބަބުން ތަކެއްޗަށް ވެސް ގެއްލުންވެފައިވެ އެވެ. ކަމާ ގުޅުން ހުރި އިދާރާތަކުން ދަނީ ގެއްލުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.