ހުޅުމާލޭގެ ވަގުފް އިމާރާތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ދެ ވަގުފު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ.

މާލޭގައި ހުރި ވަގުފު އިމާރާތް

ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ވަގުފް އިމާރާތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވަގުފުތައް އިތުރު ކުރުމުގެ މަގުސަދުގައި ހުޅުމާލެ ފޭސް އެކެއް ގައި "ދާރުއް ސަލާމް" ގެ ނަމުގައި 12 ފަންގިފިލާގެ އޮފީސް އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓާ ފިނޭންސްގެ އުސޫލުންނެވެ.

މިކަމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކޮށް، މަޢުލޫމާތު ސާފުކުރުމަށް ފަހު މިނިސްޓްރީއަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ޕްރީބިޑް މީޓިން އޮންނާނީ އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގަ އެވެ. މައުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރާ ހުރިހާ ފަރާތްތަކަށް ޕްރީބިޑް މީޓިންއަށް ފަހު މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށް ވެސް ބުންޏެވެ.

އަލަށް ދެ ވަގުފު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. މިހާރު މާލޭގައި ވަގުފު އިމާރާތަކަށް ހުރީ ދާރުލް އީމާނުގެ ނަމުގައި އަޅާފައި ހުރި ވަގުފު އިމާރާތެކެވެ. 

އެ އިމާރާތުން ކޮންމެ އަހަރަކު 6 މިލިއަނެއްހައި ރުފިޔާ ދައުލަތަށް ލިބެ އެވެ. ދާރުލް އަރުގަމުގެ ނަމުގައި އެޅުމަށް ނިންމާފައިވާ އިމާރާތަށް ބޭނުންވާ ބިން ހަމަޖައްސައި އެބިމުގެ ރަޖީ އިސްލާމިކް މިނިސްޓްރީގެ ނަމަަށް ބަދަލުކުރުމުގެ މަސައްކަތްތައް މިހާރު އެ މިނިސްޓްރީން ކުރަމުންދާ ކަމަަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.