ސަލްޓަން ޕާކުގައި ފެންސެއް ޖަހައިދޭނެ ބަޔަކު ހޯދަނީ

މާލެ ސިޓީ ކައުންސިލުން ބުނީ ސަލްޓަން ޕާކުގެ އިރުމަތީ ފަރާތުގައި 69 ފޫޓު ދިގު އަދި 8 ފޫޓް އުސް ފެންސެއް ޖެހައިދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށެވެ.

ސަލްޓަން ޕާކް

ސަލްޓަން ޕާކުގެ އިރުމަތީ ފަރާތު ގައި ފެންސެއް ޖަހައި ދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ސަލްޓަން ޕާކުގެ އިރުމަތީ ފަރާތުގައި 69 ފޫޓު ދިގު އަދި 8 ފޫޓް އުސް ފެންސެއް ޖެހައިދޭނެ ބަޔަކު ހޯދުމަށް ބޭނުންވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ބަޔަކު މައުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް އައިސް މައުލޫމާތު ސާފުކުރުމަށް ފަހު ބިޑް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މައުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް އައިސް މައުލޫމާތު ސާފުކުރުމަށް ނާންނަނަމަ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް ވެސް ބުންޏެވެ. އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.