ޝެއިހް އަބްދުﷲގެ ނަމުގައި ފޭސްބުކުގައި ހިންގަނީ ފޭކު ޕޭޖެއް

ޝެއިހް ވިދާޅުވި ގޮތުގައި އެ ޕޭޖަކީ ޝެއިހާއި އެއްވެސް ގުޅުމެއްވާ ޕޭޖެއް ނޫނެވެ. އަދި އެއީ ހުއްދަނެތި ހިންގަމުން ގެންދާ ޕޭޖެއް ކަން ފާހަގަ ކުރެއްވި އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމް

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމްގެ ނަމުގައި ފޭސްބުކު ގައި ހިންގަމުންދާ ޕޭޖަކީ ޝެއިހާއި އެއްވެސް ގުޅުމެއް އޮތް ޕޭޖެއް ނޫން ކަމަށާ އެ ޕޭޖު ހިންގާ ބަޔަކު އެކަން ހުއްޓާލަން ޝެއިހް އެދިވަޑައިގެންފި އެވެ.

ޝެއިހް އަބްދުﷲގެ ނަމުގައި ފޭސްބުކު ގައި ދަނީ ޕޭޖެއް ހިންގަމުންނެވެ. އެ ޕޭޖުން މިހާތަނަށް މުޅީންހެން ގެނެސް ދީފައިވަނީ ޝެއިހް އަބްދުﷲ ބައިވެރިވެވަޑައިގަންނަވާ ދީނީ ޕްރަގްރާމްތަކާއި ޝެއިހްގެ ބައެއް ދަރުސްތަކެވެ.

ނަމަވެސް ޝެއިހް ވިދާޅުވި ގޮތުގައި އެ ޕޭޖަކީ ޝެއިހާއި އެއްވެސް ގުޅުމެއްވާ ޕޭޖެއް ނޫނެވެ. އަދި އެއީ ހުއްދަނެތި ހިންގަމުން ގެންދާ ޕޭޖެއް ކަން ފާހަގަ ކުރެއްވި އެވެ. ޝެއިހް ވަނީ އެ ޕޭޖު ހިންގަމުންދާ ބަޔަކު / މީހަކު އެކަން ހުއްޓާލުމަށް ނަސޭހަތްތެރިވެފަ އެވެ.

"އެ ސަފްހާ [ފޭސްބުކު ޕޭޖު] ހިންގާ ފަރާތުން ﷲ އަށް ބިރުވެތިވެ އެކަން ހުއްޓާލުމަށް ނަސޭހަތްތެރިވަން،"

ޝެއިހް އަބްދުﷲ އަކީ އެކްސްގައި ހަރަކާތްތެރި ބޭފުޅެކެވެ. ނަމަވެސް ފޭސްބުކު ގައި ޝެއިހްގެ ނުއުޅުއްވަ އެވެ. 

ދައުވަތުގައި އެންމެ ހަރަކާތްތެރި، ޖަމިއްޔަތުއް ސަލަފުގެ ރައީސަކީ ޝެއިހް އަބްދުﷲ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.