ވެހިކަލުތައް ގަވާއިދަށް ފައްތަން ހަ މަސްދުވަހުގެ މުހުލަތެއް

އަދި ހަ މަސްދުވަހުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓަރީ ގަވާއިދަށް ފައްތަންޖެހޭނީ އުޅަނދުގެ ވެރިފަރާތުން އަމިއްލައަށް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން -- މި

މާލޭގައި ގެންގުޅޭ އެހެން ޒޯނުތަކަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކާއި، ރަޖިސްޓަރީނުކޮށް މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު ޓޯކުރުން ހުއްޓާލައި، އެތަކެތި ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީކުރުމަށް ހަ މަސްދުވަހުގެ މުހުލަތެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ. 

އިއްޔެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް އަލުން ރަޖިސްޓަރީކުރުމަށް ދޭ މުއްދަތުގެ ތެރޭގައި ސަރުކާރުން ކަނޑައަޅާ ސަރަަހައްދަށް 40 ދުވަހުގެ ތެރޭގައި އެ އުޅަނދުތައް ގެންދަންވާނެ ކަމަށެވެ. 

އަދި ހަ މަސްދުވަހުގެ ތެރޭގައި އުޅަނދުގެ ރަޖިސްޓަރީ ގަވާއިދަށް ފައްތަންޖެހޭނީ އުޅަނދުގެ ވެރިފަރާތުން އަމިއްލައަށް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އުސޫލު ކަނޑައަޅާނަން 6 މަސް ތެރޭގައި އެތަނުން އެ ވެހިކަލް ނަންގަވަން ޖެހޭ ގޮތަށް. އެއީ ތާއަބަދަކަށް އެތަންތަނުގައި ނުބެހެއްޓޭނެތީ. އެއީ އެހެން ކަންތައްތަކަށް ކަނޑައެޅިފައި ހުރި ބިންތަކަކަށް ވާތީ،" އަމީނު ވިދާޅުވި އެވެ. 

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެހެނިހެން ޒޯނުތަކަށް ރަޖިސްޓްރީކުރުމަށްފަހު މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރު މިހާރުވެސް ފުލުހުން ޓޯކުރަމުންދާ ކަމަށެވެ. އަދި ރަޖިސްޓްރީ ރަނގަޅުކުރަން ދޭ ހަ މަސްދުވަހުގެ ތެރޭގައި ރަނގަޅުނުކުރާ އުޅަނދުފަހަރު ޓޯކުރާނެކަމަށާއި، އެ މުއްދަތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދާ ނުގެންދާ އުޅަނދުފަހަރު ފުލުހުން ޓޯކުރާނެ ކަމުގައި އިހުސާން ވިދާޅުވި އެވެ. 

"ހަ މަސް ތެރޭ އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރުމުގެ ކަންކަން ކުރިއަށްގެންދަންޖެހޭނެ. އަޅުގަނޑުމެން އެދެނީ ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް މަގުމަތީ ދުއްވޭނެ މަގު ފަހިކޮށްދޭން،" އިހުސާން ވިދާޅުވި އެވެ. 

އިތުރަށް އިހުސާން ވިދާޅުވަނީ ކަަނޑައަޅާ ނުވަ ސަރަހައްދެއްގައި ބަހައްޓާފައި ހުންނަ އުޅަނދުފަހަރު ޓޯކުރުން ފުލުހުން ކުރިއަށްގެންދާނެ ކަމަށެވެ. 

އެގޮތުން ސުކޫލުތަކާއި، މިސްކިތްތަކާއި ހޮސްޕިޓާތަކާއި އާންމުކޮށް މީހުން ގޮސްއުޅޭ ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ވެހިކަލުތަކުގެ ތެރެއިން ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީނުކޮށް ހުންނަ ވެހިކަލުތައް ޓޯކުރަމުންދާނެ ކަމުގައި އިހުސާން ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.