އަމިއްލަ ފަރާތްތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތަކުން ފީއެއް

ބެލެވޭ ގޮތުގައި އަންނަ އަހަރުން ފެށިގެން މި ފީ ތައާރަފު ކުރާނެ އެވެ. މި ފީ ނަގާނީ އަމިއްލަ ފަރަތްތަކުން ހިންގާ މަޝްރޫއުތަކުންނެވެ،

ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކުން : އަމިއްލަ ފަރާތްތަކުން ހިއްކާ ބިންތަކުން ފީއެއް ނަގަން ދަނީ ތައްޔާރު ވަމުން

އަމިއްލަ ފަރާތްތަކުން ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއު ތަކުން އަންނަ އަހަރުން ފެށިގެން ބަޖެޓަށް އާމްދަނީ ހޯދަން ފީއެއް ނަގަން ފަށަން ތައްޔާރު ވެއްޖެ އެވެ. 

"މިރާ" އަށް އެނގިފައިވާ ގޮތުގައި އަންނަ އަހަރު ދައުލަތަށް އާމްދަނީ ހޯދަން ތައަރަފުކުރާ ކަންތައްތަކުގެ ތެރޭގައި ބިން ހިއްކުމުގެ މަޝްރޫއުތަކުން ފީއެއް ނެގުން ވެސް ހިމެނެ އެވެ. ނަމަވެސް ފީގެ ގޮތުގައި ނަގާނެ މިންވަރާއި އެކަން ކުރާނެ ގޮތެއް އަދި އާއްމުކޮށްފައެއް ނެތެވެ. އެ މަސައްކަތް ފިނޭންސް މިނިސްޓްރީން ވަނީ ފަށާފަ އެވެ. 

މިހާރު ވެސް ރާއްޖޭގައި އަމިއްލަ ގިނަ ފަރާތް ތަކުން ދަނީ ބިން ހިއްކުމުގެ ގިނަ މަޝްރޫއު ތަކެއް ހިންގަމުންނެވެ. 

މި މަޝްރޫއުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ޓޫރިޒަމާ ގުޅުންހުރި މަޝްރޫއުތަކެވެ. މިގޮތުން ރިސޯޓް ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއު ތަކެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ހިނގާ ރިސޯޓްތަކުގެ ބީޗްތައް ބޮޑު ކުރުންފަދަ ގިނަ މަސައްކަތް ތަކެއް ވެސް ކުރެ އެވެ. 

ފިނޭންސް މިނިސްޓްރީން ދަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރުގެ އަންދާޒާ ދައްކާ ގޮތުގައި އަންނަ އަހަރު ދައުލަތަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.