ހުޅުމާލޭގައި ޑައިވް ސެންޓަރެއް އަޅަން ހުޅުވާލައިފި

މިތަން ހަދަނީ ފުރަތަމަ ފިޔަވަހީގަ އެވެ. ޑައިވް ސެންޓަރު ހަދަން ޖެހެނީ ތިރީގައި އުޅަނދު ފަހަރު ޕާކު ކުރެވޭ ގޮތަށް ތިން ބުރިއަށެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޑައިވް ސެންޓަރު ހަދާ ސަރަހައްދު

ހުޅުމާލޭ ފޭސް އެކެއްގައި ޑައިވް ސެންޓަރެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ މަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށެވެ. ނަމަވެސް، މި ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެއެވެ. އީއޯއައިގައި ޑައިވް ސެންޓަރުގައި ހިމަނާނެ އިކުއިޕްމަންޓާއި ޑައިވް ސެންޓަރުގެ ކްލާސްތައް އަދި ޕެކޭޖްތަކުގެ ތަފްސީލު ހިމަނަން ވާނެ އެވެ.

އެޗްޑީސީއިން މި ޑައިވް ސެންޓަރު ހިންގަން އިއުލާނުކޮށްފައިވަނީ ފުރަތަމަ ފިޔަވަހީގެ ދިރާގު ކޮއްޓާއި އިންވެގެން އިންނަ ކޮށީގަ އެވެ. މިތަން ތަރައްގީ ކުރަން ޖެހެނީ ތިން ބުރިއަށެވެ. އަދި ތިރީބައިގައި ކާރާއި ސައިކަޕް ޕާކު ކުރެވޭނެ ވަސީލަތް ހުންނަން ޖެހެ އެވެ. 

އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނެ އެވެ.


މި މަޝްރޫއަށް ޝައުގުވެރިފާ ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ އޮގަސްޓު 29، 2024 ގެ 14:00 އެވެ. އީއޯއައި ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް business@hdc.mv އަށެވެ. މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު ކޯޕަރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އަދި އެޗްޑީސީގެ ނަންބަރު 1516 އަށް ގުޅައިގެން ވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.