ހުޅުމާލެ ޓޫރިޒަމް އައިލެންޑުގައި މެދު ފަންތީގެ ހޮޓާ އަޅަން ހުޅުވާލައިފި

މި މަޝްރޫއު ހިންގަނީ އާބަން އައިލެންސްގަ އެވެ. މިއީ ދެވަނަ ފިޔަވަހީގެ ޓޫރިޒަމަށް ހާއްސަ ޒޯނެވެ.

ހުޅުމާލެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްސްގައި އިމާރާތް ކުރަން އިއުލާނުކުރި ހޮޓާ -- އެޗްޑީސީ

ހުޅުމާލެ އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، "އާބަން އައިލްސް" ގައި މެދުފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދެވަނަ ފިޔަވަހީގެ ޓޫރިޒަމް އައިލެންޑުގައި ހޮޓާ އަޅަޅަން އެޗްޑީސީސީން ހުޅުވާލި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތުގެ ދަށުން ބިން ދޫކުރަނީ ލޭންޑް ލީސް މޮޑެލް އަށެވެ. މީގެ އިތުރުން އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅައިގެން އެހެން މޮޑެލް ތަކަށް ދިއުމުގެ ފުރުސަތުވެސް ދީފައިވެ އެވެ.

އެޗްޑީސީ އިން ބުނީ އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި އިޖުތިމާއީ ޒިންމާއަށް ކޮށްދޭނެ ކަންތައްތަކަށް ބަލާނެ އެވެ.

މި މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 29 ވަނަ ދުވަހުގެ 14:00 އާ ހަމައަށް އޮންނާނެ އެވެ. އީއައިއޯ ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، business@hdc.mv އަށެވެ. މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅައިގެން ވެސް ލިބޭނެ އެވެ. 

އާބަން އައިލް" ގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ދެބައިކޮށްލައި ބްރިޖަކުން ގުޅާލާއިގެން ހިންގާ މި މަޝްރޫއުގެ ދަށުން އެކި ފަންތީގެ ވިލާތަކާއި ޓޫރިޒަމް ޕްރޮޕަޓީތައް މިދިޔަ ސަރުކާރުންވެސް ބީލަމަށްލި އެވެ. "އާބަން އައިލް" ގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ދެބައިކޮށްލައި ބްރިޖަކުން ގުޅާލާއިގެން ހިންގާ މި މަޝްރޫއުގެ ދަށުން އެކި ފަންތީގެ ވިލާތަކާއި ޓޫރިޒަމް ޕްރޮޕަޓީތައް މިތަނުގައި ހަދާނެ އެވެ. މި މަޝްރޫއުގައި ގެސްޓްހައުސްތަކާއި ލަގްޒަރީ ވިލާތައް ސާވިސް އެޕާޓްމަންޓް އަދި ކޮމާޝަލް ސްޕޭސް އާއި މިޑްރޭންޖް ނުވަތަ މެދުފަންތީގެ ހޮޓާތަކުގެ އިތުރުން މަތީ ފަންތީގެ ހައިއެންޑް ހޮޓާތަކާއި ސިޓީ ހޮޓާތަކާއި ލަގްޒަރީ ވިލާތައްވެސް ހުންނާނެ އެވެ. މިތަންތަނުގެ ސައިޒު އުޅެނީ 2،800 އަކަފުޓޫން ފެށިގެން 50،00 އަކަފޫޓާ ދެމެދުގަ އެވެ. މި ތަންތަން ހަދަނީ ތިން ބުރި އާއި 12 ބުރިއާ ދެމެދުގު އުސްމިނުގަ އެވެ.

މަޝްރޫއުގައި އޭރު އިއުލާނުކުރި ބައިތައް

  •  ގެސްޓް ހައުސް : 21 ޕްލޮޓް
  •  ލަގްޒަރީ ވިލާ : 11 ޕްލޮޓް
  •  ސާވިސް އެޕާޓްމަންޓް : 10 ޕްލޮޓް
  •  ކޮމާޝަން ބައި : 9 ސްލޮޓް
  •  މިޑްސްކޭލް ހޮޓެލް: 3 ސްލޮޓް
  •  އަޕްސްކޭލް ހޮޓެލް : 3 ސްލޮ
  •  ސިޓީ ހޮޓެލް : 4 ސްލޮޓް

މި މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއު ހިންގިއިރު ދެވަނަ ފިޔަވަހީގެ ސޯޝަލް ހައުސިން މަޝްރޫއު ފީޒިބަލް ކުރަން ބޭނުންކުރި އެންމެ ބޮޑު ބިޒްނަސް މޮޑެލްގައި ހިމެނޭ މަޝްރޫއެކެވެ.

މި ރަށުގައި ހަދާ ޓޫރިޒަމް ޕްރޮޕަޓީތަކުގެ ތެރޭން އެންމެ ބޮޑު ޖާގައެއް ހާއްސަކޮށްފައިވަނީ 10 ބުރިއަށް އިމާރާތް ކުރާ "އަޕްސްކޭލް ހޮޓެލް" ނުވަތަ މަތީ ފަންތީގެ ހޮޓާތަކަށެވެ. މި ތަންތަނުގެ ސައިޒަކީ 50،681 އަކަފޫޓެވެ. އަދި ދެން އެންމެ ބޮޑު ޖާގައެއް ދީފައިވަނީ "މިޑްލްސްކޭލް" ހޮޓާތައް ހަދަން ހާއްސަ ކުރާ ބިންތަކުގަ އެވެ. މި ތަންތަން ހަދަން 19،000 އަކަފޫޓު ލިބޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.