ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަނީ

އެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ގައި 15 ޕާކިން އިމާރާތް އަޅާނެ އެވެ. އެއީ ގާތްގަނޑަކަށް 4،000 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ކަމަށް ފަޒުލް ވިދާޅުވި އެވެ.

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ސްމާޓް ޕާކިން ޒޯން

ހުޅުމާލޭ ގައި15 ޕާކިން އިމާރާތް އެޅުމަށް ނިންމާފައިވާ ކަަމަށާ އެކަމަށް ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ޕާކިން އިމާރާތްތައް އެޅުމުގެ މަސައްކަތަށް ހުޅުވާލާނެ ކަމަށެވެ. އެއީ ވިޔަފާރި އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއު އެކެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ގައި 15 ޕާކިން އިމާރާތް އަޅާނެ އެވެ. އެއީ ގާތްގަނޑަކަށް 4،000 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ކަމަށް ފަޒުލް ވިދާޅުވި އެވެ. 
ޕާކިން މައްސަލަ ހައްލު ކުރުމަށް ޕާކިން އިމާރާތްތައް އެޅުމަކީ އަބަދުވެސް ދެކެވޭ ވާހަކައެއްކަން ފާހަގަ ކުރައްވާ ފަޒުލް ވިދާޅުވީ މި ފަހަރުގެ މަޝްރޫއު އަވަހަށް ފަށާ އަވަހަށް ނިންމުމަކީ އަމާޒެެއް ކަމަށެވެ. ކުރިއަށް އޮތް 2-3 އަހަރުގެ ތެރޭގައި މުޅި މަޝްރޫއު ނިންމުމަށް އަމާޒު ހިފާނެ ކަމަށް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ވެހިކަލް ގިނަވެ ޕާކު ކުރެވޭނެ އެކަށީގެންވާ ވަސީލަތްތަކެއް ގާއިމު ކުރެވިފައެއް ނުވެ އެވެ. ޕާކިން އިމާރާތްތަކެއް އަޅައިގެން އެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.