މާލެ ސިޓީ ކައުންސިލުގެ އެސްޖީގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކޮށްފި

އެޖެންޑާގެ ފަހު ކަމެއްގެ ގޮތުގައި އެކަން ހިމަނާ ވޯޓަށް އެހެމުން 15 ކައުންސިލަރަކު ވަނީ ވަޖީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވާފަ އެވެ.

މާލެ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު: އިތުބާރު ނެތް ކަމަށް ވަނީ ފާސްކޮށްފައި

މާލެ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ވަޖީހު ނަސީރު އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ވަކިކޮށްފި އެވެ.

ކައުންސިލްގެ މިއަަދުގެ ބައްދަލްވުމުގައި ވަޖީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ. މިއަދުގެ ބައްދަލްވުން ފެށުމާ އެކު ނަރީޝް ވަނީ އެސްޖީގެ އިތުބާރު ކައުންސިލަރުންނަށް ނެތް ކަމަށާ އެހެން ކަމުން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދުގެ އެޖެންޑާގައި ހިމަނައި ދިނުމަށް އެދިފަ އެވެ.

ކައުންސިލަރުންގެ އިއުތިރާޒެއް ނެތުމުން މޭޔަރު އާދަމް އާޒިމް ނިންމެވީ އެ މައްސަލަ މިއަދުގެ އެޖެންޑާ ގައި ހިމެނުމަށެވެ. އެޖެންޑާގެ ފަހު ކަމެއްގެ ގޮތުގައި އެކަން ހިމަނާ ވޯޓަށް އެހެމުން 15 ކައުންސިލަރަކު ވަނީ ވަޖީހުގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވާފަ އެވެ. ވަކިކޮޅަކަށް ވޯޓް ނުދެއްވާ ދެ ކައުންސިލަރަކު ތިއްބެވި އެވެ.

މިއަދުގެ ބައްދަލްވުމުގައި ވޯޓަށް އެހުމުގެ ކުރީން ވަޖީހަށް އޮތް ތުހުމަތުތަކާ މެދު ލިޔުމުން ޖަވާބުދާރީވާން ފުރުސަތު ދޭން ފެނޭތޯ ކައުންސިލަރުންގެ އަރިހު މޭޔަރު އެއްސެވި އެވެ. މައްސަލަ ހުށައެޅި ޑެޕިއުޓީ މޭޔަރު ވިދާޅުވީ ކައުންސިލްގެ މެންބަރުންނަށް އެސްޖީއާމެދު އިތުބާރު ނެތްނަމަ ވަކިކުރެވޭނެ ކަމަށެވެ. އަދި ކައުންސިލްތަކަށް އެސްޖީން އައްޔަނު ކުރަނީ ސިވިލްސާވިސް ކޮމިޝަނުން ކަމަށްވާތީ ކައުންސިލްގެ މިއަދުގެ ނިންމުން އެ ކޮމިޝަނުން ބަލާނެ ކަމަށެވެ. ޖަވާބުދާރީވުމަށް ދޭން ޖެހޭ ފުރުސަތު އެ ކޮމިޝަނުން ވަޖީހަށް ދޭނެ ކަމަށާ އެއީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ނަރީޝް ވިދާޅުވި އެވެ.

ކޮމެންޓް

2
450
އެސް ޖީ
1 month ago

ސިޔާސީ ކޮހުންނަށް ބޮޑިތި މަޤާމްތައް ލިބިނީމާ ކިޔަވައިގެންތިބޭ މީހުންގެ ބޭނުން މި ޤައުމުން ކެނޑިޖެކަން މިކަމުން ދޭހަވޭ. އެސް ޖީން ދެކެ ރުޅިއައިސް ވަކި ކުރަން އެ ހިފަނީ ވައްކަން ކައުންސިލަރުން ބޭނުންގޮތަކަށް ވައްކަން ކުރަން ޖާގަ ނުލިބޭތޯލީ

ރީޝް
1 month ago

ނަރޭޝް ސާބަސް ތިޔައީ ވަރަށް އިންސާފެއް ނެތް ސްޖީއެއް އަންހެނުންގެ ކޮމެޓީގެ ކުރީގެ ރައީސާގެ މައްސަލަވެސް ބަލާ ނުދީ މިހާރުގެ ރައީސާ އަދި ނާއިބް ރައީސް މާ ގާތް އަރިސްބޭފުޅުންގެ ގޮތުގައި ބަލައި ވަރަށް ނާއިންސާފުން މި ކޮމެޓީއަށްވެސް ކަންކަން ކުރަމުން އަންނަނީ ވަކި ކުރަން ވޯޓް ދެއްވި މެންބަރުންނަށް ފައްފަށުން ޝުކުރިއްޔާ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.