ތޮއްޑޫގައި ހަދާ ދަނޑުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް ހުޅުވާލައިފި

މި ގޮޅިތައް ދޫކުރުމަށް ހަދާފައިވާ ގައިޑްލައިނުގައިވާ ގޮތުން، އެންމެ ދިގު މުއްދަތަކަށް ގޮޅިތައް ކުއްޔަށް ދޫކުރެވޭނީ ދެ އަހަރަށެވެ. ގޮޅިތަކުގެ ކުއްޔަކީ މަހަކު 3500 ރުފިޔާ އެވެ.

ތޮއްޑޫގައި ދަނޑުވެރިކަން ކުރާ ބިމެއް: އެރަށުގައި ގާއިމްކުރާ ދަނޑުވެރިންގެ މާރުކޭޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި -- -- އަބީދް

އއ. ތޮއްޑޫގައި ގާއިމު ކުރާ ދަނޑުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން މިމަހުގެ ހަ ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގުވުމާއެކު އެ ކޯޕަރޭޝަނުން ތޮއްޑޫގައި ގާއިމު ކުރަމުންދާ ދަނޑުވެރިންގެ މާރުކޭޓުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ގޮޅިތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ހާއްސަ ފޯމު ފުރައި، މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މި ގޮޅިތައް ދޫކުރުމަށް ހަދާފައިވާ ގައިޑްލައިނުގައިވާ ގޮތުން، އެންމެ ދިގު މުއްދަތަކަށް ގޮޅިތައް ކުއްޔަށް ދޫކުރެވޭނީ ދެ އަހަރަށެވެ. ގޮޅިތަކުގެ ކުއްޔަކީ މަހަކު 3500 ރުފިޔާ އެވެ. އޭގެ އިތުރުން ޔޫޓިލިޓީ ފީއެއްގެ ގޮތުގައި މަހަކު 300 ރުފިޔާ ވެސް ނަގާނެ އެވެ.

ގައިޑްލައިނުގައިވާ ގޮތުން، މި ބާޒާރުން ގޮޅިތައް ދޫކުރާނީ ހަމައެކަނި ތޮއްޑޫ ރައްޔިތުންނަށެވެ. އެމީހުންނަކީ އެ ރަށުގައި ކުދި ވިޔަފާރި ކުރާ ނުވަތަ ދަނޑުވެރިކަން ކުރާ މީހަކަށް ވުމަކީ ޝަރުތެކެވެ.

އެ ކޯޕަރޭޝަނުން ބުނެފައި ވަނީ މިފަދަ މާރުކޭޓެއް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ދާއިރާއިން ވިޔަފާރި ކުރައްވާ ފަރާތްތަކަށް ބާޒާރު ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.