އޭނާ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
އުމުރުން 76 އަހަރުގައި މައްލާ އަވަހާރަވީ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އޭނާ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ރޭ ވަރަށް ބޮޑަށް ހާލުކޮޅު ދެރަވެ އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ.
މައްލާއަކީ ދިވެހި ކުޅިވަރަށް ބައި ގަރުނު ހިދުމަތް ކުރެއްވި އެ ދާއިރާގެ ވަރަށް ބޮޑު ހިދުމަތްތެރި އެކެވެ. އޭނާ އަކީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ރެފްރީންގެ ތެރެއިން އެކެކެވެ. ވަރަށް ދިގު މުއްދަތަކަށް ރެފްރީކަން ކުރެއްވި އެވެ. ޒުވާން ރެފްރީން އުފައްދަން ވެސް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
އޭނާއަށް ވަނީ ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމާއި މޯލްޑިވްސް ސްޕޯޓް އެވޯޑް ހަފްލާ ގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފަ އެވެ.