ސިވިލް ސާވިސް މުވައްޒަފުންނަށް ސްކޮލަޝިޕް ދޭ އެއްބަސްވުން އާކޮށްފި

މިއީ ޖަޕާނުގެ ޔުނިވާސިޓީތަކުގައި އެއް އަހަރު ނުވަތަ ދެ އަހަރުގެ މާސްޓާސް ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮއްދިނުމަށް އާ ކުރެވުނު ހަތަރު އަހަރުގެ އެއްބަސްވުމެކެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ސިވިލް ސާވިސް މުވައްޒަފުންނަށް ސްކޮލަޝިޕް ދޭ އެއްބަސްވުން އާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ޖަޕާނު ސަރުކާރުގެ އެހީގައި ސިވިލް ސާވިސްގެ 24 މުވައްޒަފުން މަތީ ތައުލީމު ހާސިލް ކުރުމަށް ރާއްޖެއަށް ދޭ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް"ގެ އެއްބަސްވުން މިއަދު އާ ކޮށްފި އެވެ.

މި އެއްބަސްވުމަކީ "ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް ބައި ޖަޕަނީޒް ގްރާންޓް އެއިޑް" (ޖޭޑީއެސް) ގެ ދަށުން، ޖަޕާނު ސަރުކާރުގެ ހަރަދުގައި، ދިވެހި ސަރުކާރަށް ހިދުމަތް ކުރާ 24 ސިވިލް ސާވިސް މުވައްޒަފުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ލިބޭ އެއްބަސްވުމެކެވެ.

މިއީ ޖަޕާނުގެ ޔުނިވާސިޓީތަކުގައި އެއް އަހަރު ނުވަތަ ދެ އަހަރުގެ މާސްޓާސް ޕްރޮގްރާމެއް ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮއްދިނުމަށް އާ ކުރެވުނު ހަތަރު އަހަރުގެ އެއްބަސްވުމެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ވޭތުވެދިޔަ ހަތަރު އަހަރުގައިވެސް މި އެއްބަސްވުމުގެ ދަށުން، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ދީފައިވާ 24 ފުރުސަތުގެ ތެރެއިން 22 ދަރިވަރުން މި ސްކޮލާޝިޕްގެ ދަށުން މަތީ ތައުލީމު ހާސިލްކޮށްފައިވާ ކަމަށެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ)ގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މިޑޮރީ ޓަކެއުޗީއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.