ފާއިތުވި ދެ އަހަރު ފިނޭންސްގެ އަހަރީ ރިޕޯޓުގައި ހިމަނަންޖެހޭ ބައެއް މައުލޫމާތު ނެތް

މާލިއްޔަތު ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓްރީގެ އަހަރީ ރިޕޯޓުތަކުގައި ހިމަނަންޖެހޭކަމަށް ބަޔާންކޮށްފައިވާ ބައެއް ލިޔެކިޔުމާއި މައުލޫމާތު އެ ރިޕޯޓުތަކުގައި ހިމަނާފައިނުވާކަން ސެކްރެޓެރިއޭޓުން ފާހަގަކުރި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: މާލީކަންކަން ރަނގަޅަށް ގެންދެވިފައެއް ނުވޭ

ފާއިތުވި ދެ އަހަރު ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށް އާންމުކޮށްފައިވާ މިނިސްޓްރީގެ އަހަރީ ރިޕޯޓުގައި މާލިއްޔަތު ގަވާއިދުގެ ދަށުން އެ ރިޕޯޓުގައި ހިމެނުން ލާޒިމުކުރާ ބައެއް މައުލޫމާތު ހިމަނާފައި ނުވާކަން ފާހަގަވެއްޖެ އެވެ. 

މިއަދު މާލިއްޔަތު ކޮމިޓީގައި އެކޮމިޓީގެ ސެކްރެޓެރިއޭޓުން މެންބަރުންނަށް މައުލޫމާތު އަރުވަމުން ބުނެފައިވަނީ 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ މާލީ ރިޕޯޓުތައް ރިވީއުކޮށްފައިވާ ކަމަށެވެ. މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މާލިއްޔަތު ގަވާއިދުން އެ ރިޕޯޓުގައި ބަޔާންކުރުން ލާޒިމު ބައެއް މައުލޫމާތުތައް ކަނޑައަޅާފައިވާކަން ސެކެޓިރެއޭޓުން ފާހަގަކުރި އެވެ. 

މާލިއްޔަތު ގަވާއިދުގެ ދަށުން ފިނޭންސް މިނިސްޓްރީގެ އަހަރީ ރިޕޯޓުތަކުގައި ހިމަނަންޖެހޭކަމަށް ބަޔާންކޮށްފައިވާ ބައެއް ލިޔެކިޔުމާއި މައުލޫމާތު އެ ރިޕޯޓުތަކުގައި ހިމަނާފައިނުވާކަން ސެކްރެޓެރިއޭޓުން ފާހަގަކުރި އެވެ. 

"އޭގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވި ކަމަކީ [މާލިއްޔަތު] ގަވާއިދުގައި ބުނާ މިންގަނޑުގެ ތެރެއިން އެއްބައި ޑޮކިއުމެންޓްސް ހަމަނުވާކަން،" ސެކްރެޓެރިއޭޓުން މައުލޫމާތު ދެމުން ބުނެފައިވެ އެވެ. 

ހަމަނުވާ މައުލޫމަތުތަކާއި ލިޔެކިޔުންތަކުގެ ތެރޭގައި: 

  •  ނިމުނު އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގެ އެ އޮފީހުގެ ހަރަދުތަކުގެ ހިސާބުތައް
  •  ނިމުނު މާލީ އަހަރު އެއޮފީހަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުގެ ހިސާބުތައް
  •  ދައުލަތުގެ މައިގަނޑު ސިޔާސަތުތަކާއި އަމާޒުތަކުގެ ތެރެއިން ނުކުރެވި ހުރި ކަންކަމުގެ ތަފުސީލުތައް

މިއަދު މާލިއްޔަތު ކޮމިޓީގައި ހިޔާލުފާޅުކުރައްވަމުން މަޖިލީހުގެ ނައިބުރައީސް ދިއްގަރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްވަނީ ބަޖެޓުގައި ނުހިމަނައި މަޝްރޫއުތައް ހިންގުމަށް ބާރު ލިބެނީ ކިހިނެއްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ޕީއެސްއައިޕީ ބަޖެޓަށް ބުރަބޮޑުވަނީ ބަޖެޓުގައި ނުހިމެނޭ މަޝްރޫއުތައް ކުއްލިއަކަށް ފަށާތީ ކަމަށެވެ. 

އަދި އެފަދައިން ބަޖެޓުގައި ނުހިމެނޭ މަޝްރޫއުތައް ފެށުމަށް ގާނޫނީ ގޮތުން ބާރު ލިބެނީ ކިހިނެއްކަން އޮޑިޓާ ޖެނެރަލް އޮފީހުން އޮޅުންފިލުއްވަން ނާޒިމު ހުށަހެޅުއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.