ރާއްޖޭގައި އެމްޕޮކްސް ފެތުރުމުގެ ފުރުސަތު އޮތްތޯ ބަލަނީ

ޑަބްލިއުއެޗްއޯގެ ނިންމުމާ ގުޅިގެން، އެޗްޕީއޭއިން އެ ބަލީގެ ހިރާސް ރާއްޖެއަށް އޮތް މިންވަރު ދެނެގަތުމަށް އެސެސްމެންޓެއް ހަދަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ވީއައިއޭގެ ޓާމިނަލް: ދަތުރު ކުރާއިރު ބަލިންތަކުން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އެދިފައި -- މި

އެމްޕޮކްސްއަކީ އާންމު ސިއްހަތުގެ ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅުމާ ގުޅިގެން އެ ބަލި ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފަށައިފި އެވެ. 

ރޭ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވީ އެފުރިކާގައި އެމްޕޮކްސް ހަލުއިކަމާއެކު ފެތުރެމުންދާތީ، އެ ބަލީގެ ސަބަބުން ދުނިޔެއަށް ނުރައްކަލެއް އޮތްކަމަށް ފެނިވަޑައިގަންނަވާތީ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކުރައްވާ ކަމަށެވެ. 

ކޮންގޯގައި ފެތުރެން ފެށި ބަކި މިހާރުވަނީ އެފުރިކާގެ ވަރަށް ގިނަ ގައުމުތަކަށް ފެތުރިފަ އެވެ. އަދި އެފުރިކާއިން އެހެން ބައްރުތަކަށް އެބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާކުރެ އެވެ. 

ޑަބްލިއުއެޗްއޯއިން އެމްޕޮކްސްއަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއްކަމަަށް ކަނޑައެޅުމާ ގުޅިގެން މިއަދު އެޗްޕީއޭއިން މީސްމީޑިއާަގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެފުރިކާގައި ފެތުރެމުންދާ އެމްޕޮކްސްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ސިއްހި ކުއްލި ނުރައްކަލެއްކަމަަށް އެ ޖަމްއިއްޔާއިން ނިންމާފައިވާ ކަމަށެވެ. 

އަދި އެޖަމްއިއްޔާގެ ނިންމުމާ ގުޅިގެން އެޗްޕީއޭއިން އެ ބަލީގެ ހިރާސް ރާއްޖެއަށް އޮތް މިންވަރު ދެނެގަތުމަށް އެސެސްމެންޓެއް ހަދަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. އެ އިދާރާއިން ބުނީ އެ އެސެސްމެންޓަށްފަހު ސިއްހީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާމެދު އެ އިދާރާއިން ލަފާ ދެމުންދާނެ ކަމަށެވެ. 

ގައިގޯޅިވުމުގެ ތެރެއިން ގައިންގައަށް އަރާ އެމްޕޮކްސްއަކީ މަދު ފަހަރެއްގައި ނޫނީ ފުރާނައަށް ނުރައްކަލެއް ނެތް ބައްޔެކެވެ. އެ ބަލީގެ އަލާމަތްތަކުގެ ތެރޭގައި ރޯގާ ޖެހުމާއި ހުން އައުމާއި، ހަށިގަނޑުގައި ބޮޑެތި ބިހިތަކެއް ނެގުން ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.