އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އައު ދައުރަކަށް އިންތިހާބުވެވަޑައިގެން ބޮޑުވަޒީރުކަމުގެ ހުވައިކުރެއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގެންނެވި ފަހުން، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވެ އެވެ.
އިންޑިޔާއިން ދިވެހިރާއްޖެއާމެދު ދެކެނީ އަގުހުރި އެކުވެރިއެއްގެ ގޮތުގައިކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
މިފަދައިން މޯދީ ވިދާޅުވީ އިންޑިޔާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ދެއްވި ޖަވާބުގަ އެވެ.
އިންޑިޔާގެ މިނިވަންދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒުވަނީ އިންޑިޔާގެ ރައީސްއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނެރެންދުރަ މޯދީއާއި އެ ގައުމުގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރައްވާފަ އެވެ.
އެއަށްފަހު އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގުޅުމަކީ ތާރީހީ ޒަމާންވީ ގުޅުމެކެވެ. އަދި އެ ގުޅުން ޒަމާނާއެކު ބަދަލުވެފައިވަނީ ދިވެހިރާއްޖެއާއި މުޅި ދެކުނު އޭޝިޔާއަށް ކުރިއެރުމާއި ތަނަވަސްކަަން ގެނެސްދޭ ގުޅުމަކަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމަށްވެސް ކުރިއެރުމާއި ތަނަވަަސްކަން ލިބޭ އަދި ހިއްސާވަނިވި އަމާޒުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ގުޅުމެއްގެ ގޮތުގައި ދެމިއޮންނާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ރައީސްގެ ޕޯސްޓާ ގުޅިގެން ދެއްވި ޖަވާބުގައި އިންޑިޔާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ހެޔޮއެދުންތައް އަރިސްކުރެއްވީތީ މޯދީވަނީ ރައީސަށް ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސަށް ޝުކުރު އަދާކުރެއްވުމާއެކު މޯދީ ވިދާޅުވީ އިންޑިޔާއިން ދިވެހިރާއްޖެއާމެދު ދެކެނީ ވަރަށް އަގުހުރި އެކުވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންނަށް ލާބައާއި މަންފާ ލިބެނެވި ގޮތަށް ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުން މަސައްކަތްކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލެއްވުމުގެ ވައުދާއެކު އެވެ. އެމަނިކުފާނުވަނީ އިންތިހާބުވެވަޑައިގަތުމާއެކު އެ މަސައްކަތް ފައްޓަވާފަ އެވެ. މިހާރު އިންޑިޔާއިންވަނީ ރާައްޖޭގައި ތިބި އެގައުމުގެ ހުރިހާ ސިފައިން ގައުމަށް އަނބުރާ ގެންގޮސްފަަ އެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އައު ދައުރަކަށް އިންތިހާބުވެވަޑައިގެން ބޮޑުވަޒީރުކަމުގެ ހުވައިކުރެއްވި ރަސްމިއްޔާތަށް ރައީސް މުއިއްޒު ވަޑައިގެންނެވި ފަހުން، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވެ އެވެ. އެގޮތުން ފާއިތުވި ހަފުތާ ބަންދުގައި އިންޑިޔާގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރުވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގަައި ރާއްޖެއަށް ވަޑައިގެންފަ އެވެ.
އެ ދަތުރުފުޅުގައި އޭނާވަނީ ރައީސް މުއިއްޒާއި ސަރުކާރުގެ އެހެނިހެން ބައެއް ވަޒީރުންނާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިހުނަށްވުރެ ބަދަހިކުރުމާމެދު މަޝްވަރާކުރައް