އިންޑިޔާއަކީ ހުރިހާ މޫސުމެއްގައި ރާއްޖޭގެ އެކުވެރިޔާ: ޝާހިދު

އިންޑިޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން ލިބޭ ތަރައްގީގެ ދީލަތި އެހީތަކުންނާއި އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ދާއިރާއިން އިންޑިޔާއިން ދޭ އެހީން ދިވެހި ރައްޔިތުންނަށް މަންފާކުރަމުންދާ ކަމުގައި ޝާހިދު ވިދާޅުވި

އިންޑިޔާަގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޝާހިދު، ފޮޓޯ: އެކްސް

އިންޑިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރެއްވުމާއެކު އެގައުމަކީ ހުރިހާ މޫސުމެއްގައި ރާއްޖޭގެ އެކުވެރިޔާކަމަށް ކުރީގެ ހާރިޖީވަޒީރު އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފާހަގަކުރައްވައިފި އެވެ. 

މިއަދު ފާހަގަަކުރާ އިންޑިޔާގެ މިނިވަންދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދުވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ހާރިޖީވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެެވެ. 

އިންޑިޔާ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރެއްވުމަށްފަހު ޝާހިދު ވިދާޅުވެފައިވަނީ އިންޑިޔާއަކީ ހުރިހާ މޫސުމެއްގައިވެސް ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. 

އަދި ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކާރިސާއެއްގައި އެންމެ ފުރަތަމަ އަދި އެންމެ ފުރިހަަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ އިންޑިޔާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ދަތުރުގައި އިންޑިޔާއަކީ އަގުނުކުރެވޭނެ ބައިވެރިއެއް ކަމަށެވެ. 

އިންޑިޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން ލިބޭ ތަރައްގީގެ ދީލަތި އެހީތަކުންނާއި އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ ދާއިރާއިން އިންޑިޔާއިން ދޭ މަދަދުވެރިކަމުން ދިވެހި ރައްޔިތުންނަށް މަންފާކުރަމުންދާ ކަމުގައި ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ އިންޑިޔާއާައި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް އަގުވަޒަންކުރާ ގުޅުމެއް ކަމަަށެވެ. 

ޝާހިދު މިފަދައިން ވިދާޅުވެފައިވާއިރު އޭނާގެ ހާރިޖީވަޒީރު ކަމުގައި އިންޑިޔާއާ ރާައްޖޭގެ މެދުގައި އޮތް ގުޅުން ވަރަަށް ބޮޑަށް ބަދަހިވި އެވެ. ނަތީޖާއެއްގެ ގޮތުން ސަަރުކާރު ބަދަލުވުމަށްފަހުވެސް އިދިކޮޅު އެމްޑީޕީއާއި އިންޑިޔާގެ މެދުގައި ގާތް ގުޅުމެއް އޮވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.