ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަަފާކޮށް މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރުނީ ހެނދުނު 8:15 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނެފައިވަނީ އެ ވަގުތު މި އަތޮޅުތަކށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ވިއްސާރަވެ މުޅި މާލޭގައި ވަނީ ފެންބޮޑުވެފައި: ތިން ގެއަކުން މީހުން ބަދަލުކޮށްފައިވޭ

މެދުރާއްޖޭގެ އަތޮޅުތަކަށް މިއަދު ވަރަށް ބޮޑަށް ވިއްސާރަވާނެ ކަމަށާއި، އެ ސަރަަހައްދަށް ގަދައަށް ވައިޖެހޭނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފި އެވެ.

އެ އިދާރާއިން މިއަދު ހެނދުނު ރީނދޫ ސަމާލު ނެރުނީ މާލެ އަތޮޅުން ފެށިގެން ތ.އަތޮޅާަ ދެމެދުގައިވާ ހުރިހާ އަތޮޅުތަކަށެވެ. އެއީ: 

  • 1.ކ.އަތޮޅު
  • 2.މާލެ ސަރަހައްދު
  • 3.އއ އަތޮޅު
  • 4.އދ އަތޮޅު
  • 5.ވ އަތޮޅު
  • 6.ފ އަތޮޅު
  • 7.ދ އަތޮޅު
  • 8.މ އަތޮޅު
  • 9.ތ އަތޮޅު

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރުނީ ހެނދުނު 8:15 އިން ފެށިގެން މެންދުރުފަހު 13:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނެފައިވަނީ އެ ވަގުތު މި އަތޮޅުތަކށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. 

އޭގެ އިތުރަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށާއި، ކަނޑުތައް ވަރަށް ގަދަވާނެ ކަމުގައި ލަފާކުރެވޭ ކަމަަށް އެ އިދާރާއިން ބުނެފައިވެ އެވެ. 

މިއަދު މެދުރާއްޖެތެރެއަށް ބޯކޮށް ވިއްސާރަކޮށް ގަދައަށް ވައިޖެހޭނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައިވާއިރު ހިނގަމުންދާަ ފަސް ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާަ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.