ތާހާ، ސަފީރު ކަމުގެ ފަތްކޮޅު ޕާކިސްތާނުގެ ރައީސްއަށް އަރުވައިފި

ސަފީރު ކަމުގެ ފަތްކޮޅު އެރުވުން އޮތީ އިސްލާމާބާދުގައި ހުންނަ ރައީސް އޮފީސް -- އައިވާން އޭ-ސަދްރ ގައެވެ.

ތާހާ، ސަފީރު ކަމުގެ ފަތްކޮޅު ޕާކިސްތާނުގެ ރައީސްއަށް އަރުވަނީ

ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައިވާއިރު ސަފީރު، މުހައްމަދު ތާހާ ސަފީރުކަމުގެ ފަތްކޮޅު ޕާކިސްތާނު ގެ ރައީސް އާސިފް އަލީ ޒަރްދާރީ އަށް މިއަދު އަރުވައިފި އެވެ.

ސަފީރު ކަމުގެ ފަތްކޮޅު އެރުވުން އޮތީ އިސްލާމާބާދުގައި ހުންނަ ރައީސް އޮފީސް -- އައިވާން އޭ-ސަދްރ ގައެވެ.

ފަތްކޮޅު އެރުވުމަށް ފަހު ޕާކިސްތާނުގެ ރައީސް ވަނީ ދިވެހި ސަފީރާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމު ގައ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ދިވެހި ރައްޔިތުންގެ ހެޔޮއެދުންތައް އަރިސް ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސަފީރުގެ ވާހަކަގައި ދެ ގައުމުގެ ދޭތެރޭގައި އޮތް ދުވަސްވީ އަހުވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި ފަތްކޮޅު އެރުވުމުގެ އިންތިޒާމްތައް އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.

ޕާކިސްތާނުގެ ރައީސް ގެ ވާހަކަފުޅު ގައ، ސަފީރުކަމުގެ މަގާމާ ހަވަލުވެވަޑައިގެންނެވުމާ ގުޅިގެން ތާހާ ތަހުނިޔާ ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކާ އެ މަނިކުފާނު ދިވެހި ސަރުކާރަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަންވެސް އެރުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.