އަގްސާ މިސްކިތަށް އިސްރާއީލްގެ އޮފިޝަލުން ވަދެ ހިންގި ހަމަނުޖެހުން ކުށްވެރިކޮށްފި

ދިވެހި ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ މުސްލިމް އުއްމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ހުރުމަތް ކަނޑާލާ، މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލެއް ކަމުގައި ދެކޭ ކަމަށެވެ.

އަގްސާ މިސްކިތަށް އިސްރާއީލްގެ އޮފިޝަލުން ވަދެ ހިންގި ހަމަނުޖެހުން ރާއްޖޭން ވަނީ ކުށްވެރި ކޮށްފައި

އިސްރާއީލު ސަރުކާރުގެ އޮފިޝަލުން -- ދެ ވަޒީރުންނާއި ނެސެޓްގެ މެންބަރުން ހިމެނޭ ގޮތަށް މުސްލިމުންގެ މާތް ވެގެންވާ އެއް ހަރަމްފުޅު -- މަސްޖިދުލްއަލް އަގްސާ އަށް ވަދެ ހިންގި ހަމަނުޖެހުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

ދިވެހި ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ މުސްލިމް އުއްމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ހުރުމަތް ކަނޑާލާ، މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލެއް ކަމުގައި ދެކޭ ކަމަށެވެ.

އިސްރާއީލުން އަގްސާ މިސްކިތަށް ތަކުރާރުކޮށް ވަންނަމުން ދިއުމަކީ މެދުއިރުމަތީ ސަރަޙހައްދުގައި ސުލަހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅިގެންދާ ހުރަހެއް ކަމުގައި ދެކި އެކަމާމެދު ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކުރާ ކަމަށް ވެސް ބުންޏެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމާއި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްޙހަވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން އަނެއްކާވެސް ގޮވާލާ ކަމަށް ބަޔާނުގައި ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.