ޕްރައިވެޓް ޔުނިވާސިޓީތައް އުފެއްދޭ ގޮތަށް ގާނޫނު ބަދަލުކުރާތީ ކަންބޮޑުވުން

އެ ސިޓީގައި ދެން ފާހަގަކޮށްފައި ވަނީ، ބޭރުގެ ޔުނިވާސިޓީތަކުން އެމްއެންކިއުއެފް އަށް ފަރުމާކޮށްގެން، އެމްކިއުއޭގެ ފްރޭމްވޯކްގެ ތެރެއިން ޕްރޮގްރާމްތައް ހިންގިދާނެ ކަމެވެ. ނަމަވެސް، އޭގެ ނަތީޖާވެސް ރަގަޅު ނޫން ކަމަށް ފާހަގަކޮށްފައިވެ އެވެ.

މަޖިލީސް ޖަލްސާއެއް --

ރާއްޖޭގައި ޕްރައިވެޓް ޔުނިވާސިޓީތައް އުފެއްދޭ ގޮތަށް "މަތީ ތައުލީމާއި ތަމްރީނު" ގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ޕްރައިވެޓް ހަޔާ އެޑިއުކޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. މި ބިލު ކޮމެޓީގައި ދިރާސާ ކުރަމުންދާއިރު، ޖަމިއްޔާގެ ބޯޑް މެންބަރު އަހުމަދު ޝަރީފް ސޮއިކުރައްވާ މި ސިޓީ ފޮނުވާފައި ވަނީ މަޖިލީހުން އެ ޖަމިއްޔާގެ ހިޔާލަށް އެދުމުންނެވެ. 

ބިލުގައި ބޭރުގެ ޔުނިވާސިޓީތައް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގުމުގެ ހުއްދަ ދެވޭ ގޮތަށް އޮތުމަކީ އެކަމަށް އެމްކިއުއޭގެ ބާރު ހިނގާނެ ކަމެއް ނޫން ކަމަށް ފާހަގަކޮށްފައިވެ އެވެ. އެހެންވެއްޖެނަމަ، ރާއްޖޭގެ އިންސްޓިޓިއުޓްތަކާއި އެތަންތަނާ ދެމެދު ތަފާތު ރެގިއުލޭޓަރީ މެކޭނިޒަމްތަކެއް ހިންގޭނެ ކަމަކަށްވަފައި، އޭގެ ސަބަބުން ވަކި ބަޔަކަށްވީތީ ތަފާތުކުރުން އޮންނާނެ އެވެ.

އެ އެސޯސިއޭޝަނުން ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ ސަރަހައްދުގައި ރާއްޖޭގެ ގާނޫނީ އޮނިގަނޑުން ބޭރުން އެއްވެސް ބަޔަކަށް އޮޕަރޭޓް ކުރެވޮގެން ނުވާނެ ކަމަށާއި ދިވެހި ދައުލަތުގެ ބާރު ނުހިނގާ ގޮތަކަށް އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ކުރެވިގެން ނުވާނެ ކަމަށެވެ.

އެ ސިޓީގައި ދެން ފާހަގަކޮށްފައި ވަނީ، ބޭރުގެ ޔުނިވާސިޓީތަކުން އެމްއެންކިއުއެފް އަށް ފަރުމާކޮށްގެން، އެމްކިއުއޭގެ ފްރޭމްވޯކްގެ ތެރެއިން ޕްރޮގްރާމްތައް ހިންގިދާނެ ކަމެވެ. ނަމަވެސް، އޭގެ ނަތީޖާވެސް ރަގަޅު ނޫން ކަމަށް ފާހަގަކޮށްފައިވެ އެވެ.

"މީގެ ނަތީޖާއަކަށްވާނީ މިހާރުވެސް ދަރިވަރުން މަދު މާކެޓެއްގައި، ރާއްޖޭގެ މީހުންނަށްވުރެ ވަސީލަތް ގިނަ ބަޔަކު އައިސް ކޮމްޕީޓުކޮށް، މޮނޮޕޮލައިޒްކޮށް، 25 އަހަރަށް އުފެދިފައި އޮތް ސެކްޓަރެއް ނެތި ދިއުމެވެ. އެއަށްފަހު ބޭރުގެ ބައެއްގެ އަޅުވެތިކަމަށް ދިވެހި ހުރިހާ ދަރިވަރުން ދިއުމެވެ." ސިޓީގައި އެ އެސޯސިއޭޝަނުން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، އޭގެ ސަބަބުން ގައުމީ ދެ ޔުނިވާސިޓީ ތަރައްގީ ކުރުމުގެ ފުރުސަތު ހަނިވުމާއި، ކޮލުޖުތައް ޔުނިވާސިޓީއަކަށް ބަދަލުވުމަށް ވަކި ދާއިރާތަކަކުން ޕްރޮގްރާމްތައް ހިންގުން ޝަރުތުކޮށްފައި އޮތުމަކީ އަސާސެއް ނެތް ކަމެއްކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ޕްރައިވެޓް ޔުނިވާސިޓީތައް މި ގާނޫނުގެ ދަށުން ހަދަން އުޅޭއިރު، މަޖިލީހުން ފާސްކޮށްފައިވާ ދެ ގާނޫނަކުން ދެ ޔުނިވާސިޓީ އުފައްދާފައިވާކަން ފާހަގަކުރުމަށްފަހު، ޕްރައިވެޓް ޔުނިވާސިޓީތައް ވެސް އުފައްދަން ވާނީ އެ މިންގަނޑުން ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންނޫންނަމަ ރާއްޖޭގައި ޑުއަލް ސިސްޓަމެއް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

ޖުމްލަ ގޮތެއްގައި އެ ޖަމިއްޔާގެ ފަރާތުން އެދިފައި ވަނީ ވަކިވަކި ތަންކޮޅުކޮޅު ބަދަލުނުކޮށް މުޅި ގާނޫނު އެކުގައި މުރާޖާ ކުރުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.