އަސީރަކަށް ޖިންސީ ގޯނާކުރި އިސްރާއީލު ސިފައިން ގޭ ބަންދަށް ބަދަލުކުރަނީ

ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބައިތިއްބާފައިވަނީ އިސްރާއީލުން ހައްޔަަރުކުރި ފަލަސްތީނުގެ ގައިދީއަކު އަނިޔާތަކަށް ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާންޖެހޭ މިންވަރަށް އޭނާއަށް ޖިންސީ އަނިޔާކުރި މައްސަލައެއްގަ އެވެ.

އިސްރާއީލުން ދޫކޮށްލި ފަލަސްތީނުގެ ގައިދީންތަކެއް އަގުސާ ހޮސްޕިޓަލަށް މެޑިކަލް ޗެކްއަޕު ހެދުމަށް އަންނަނީ، ފޮޓޯ: އޭޕީއޭ

އިސްރާއީލުން ހައްޔަރުކޮށްފައި ހުރި ފަލަސްތީނުގެ އަސީރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ އިސްރާއީލު ސިފައިން ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އިސްރާއީލުގެ އަސްކަރީ ޕްރޮސެކިއުޓަރުން އެދިއްޖެ އެވެ. 

ތަހުގީގު މަރުހަލާ ނިމެންދެން އެމީހުން ބަންދުކޮށްފައިވާއިރު އެމީހުން ގޭ ބަންދުގައި ބައިތިއްބަން އިސްރާއީލުގެ އަސްކަރީ ޕްރޮސެކިއުޓަރުން އެދުނީ މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކަމުގައި އިސްރާއީލް ޑިފެންސް ފޯސްއިން ބުނެފައިވެ އެވެ.

އެ މައްސަލާގައި މިހާރު ބަންދުގައި ތިބި ފަސް ސިފައިންވެސް ގޭ ބަންދަށް ބަދަލުކުރާނެ ކަމުގައި ބެލެވޭ ކަމަަށާއި، އެމީހުން ގޭ ބަންދަށް ބަަދަލުކުރަނީ އެމީހުންގެ ގާނޫނީ ވަކީލުންނާއި އަސްކަރީ ޕްރޮސެކިއުޓަރުންގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެ އެވެ. 

ޝަރީއަތް ނިމެންދެން އެމީހުން ބަންދުގައި ބައިތިއްބާފައިވަނީ އިސްރާއީލުން ހައްޔަަރުކުރި ފަލަސްތީނުގެ ގައިދީއަކު އަނިޔާތަކަށް ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާންޖެހޭ މިންވަރަށް އޭނާއަށް ޖިންސީ އަނިޔާކުރި މައްސަލައެއްގަ އެވެ. 

އެންމެ ފުރަތަމަ އެ މައްސަލަ ފެންމަތިވުމުން އެ މައްސަލައިގެ ތުހުމަތުގައި އިސްރާއީލުގެ އަސްކަރީ ފުލުހުން ދިހަ ސިފައިން ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ފަސް މީހަކު ފަހުން ބަންދުން ވީއްލާފއިވެ އެވެ. އެމީހުން ހައްޔަރުކުރީ ސަހަރާގައި އޮންނަ އަވަށެއްކަމުގައިވާ ބީރްޝަބާ ކައިރީ އަސްކަރީ ބޭސްއެއްގަ އެވެ. 

އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ ފަލަސްތީނުގެ ގައިދީންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކުރާ މައްސަލަތައް ދޭތެރެ ދޭތެރެއިން އާންމުވެ އެވެ. އދގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފައވާ ގޮތުން އޮކްޓޯބަރު 7 ވަނަ ދުވަހުގެ ފަހުން އިސްރާއީލު ޖަލުގައި 53 މީހުން މަރުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.